Advertisement

ނެޝަނަލް ބޯޓިން އެވޯޑްސްގައި އެލިއާ އާއި ޔަމަހާ އަށް މުހިންމު ދެ އެވޯޑެއް

4 ޑިސެންބަރު 2023 - 12:05 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ބޯޓިން އެވޯޑްސް ހަފްލާ، އެލިއާ އަދި ޔަމަހާ އަށް މުހިންމު ދެ އެވޯޑެއް ވަނީ ލިބިފައި ---- ފޮޓޯ:އެލިއާ


ނެޝަނަލް ބޯޓިން އެވޯޑްސްގައި އެލިއާ އާއި ޔަމަހާ އަށް މުހިންމު ދެ އެވޯޑެއް

4 ޑިސެންބަރު 2023 - 12:05 0

ނޭޝަނަލް ބޯޓިން އެސޯސިއޭޝަނުން ކޮންމެ އަހަރަކު ބާއްވަމުންދާ ނޭޝަނަލް ބޯޓިން އެވޯޑްސްގައި އެލިއާ އިންވެސްޓްމަންޓްސް އަދި ޔަމަހާ އަށް މުހިންމު ދެ އެވޯޑެއް ލިބިއްޖެ އެވެ.

ނޭޝަނަލް ބޯޓިން އެވޯޑަކީ 2016 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ މެރިން ދާއިރާގައި ހިދުމަތްދޭ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.

ބޯޓިން އެވޯޑްސްގެ އެންމެ މަގުބޫލު މެރިން އައުޓްބޯޑު އިންޖީނާއި، އެންމެ ރަނގަޅު އާފްޓަ ސޭލްސް ސާވިސް ޕްރޮވައިޑާ އެވޯޑް މިއަހަރުވެސް ހާސިލުކޮށްފައި ވަނީ އެލިއާ އިންވެސްޓްމަންޓްސް އަދި ޔަމަހާ އިންނެވެ.

އެލިއާއަކީ ދަތުރުފަތުރުކުރުމުގެ ދާއިރާގައި ދިވެހި ކަނޑުތަކަށް އިންގިލާބެއް ގެނެސްދިން ބައިވެރިއެކެވެ. ގިނަބަޔަކު އިންޖީނުގެ އަޑަށް މަސްތައް ފިލާނެކަމަށް ގަބޫލުކުރި ޒަމާނެއްގައި އެލިއާއިން ރާއްޖެއަށް ޔަމަހާ އައުޓްބޯޑު އިންޖީނުތަށް ތައާރަފުކޮށް، އެއަށް ބޭނުންވާ ސްޕެއާޕާޓްސް ހިމެނޭހެން އެންމެހާ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގައި މެދުކެނޑުމެއްނެތި ކާމިޔާބު 49 އަހަރު ވަނީ ފުރިހަމަ ކޮށްފަ އެވެ. އެލިއާއިން ތައާރަފުކުރި ޔަމަހާ އައުޓްބޯޑް އިންޖީނަކީ ރާއްޖޭގައި ޓޫރިޒަމް އިންޑަސްޓްރީ ފުޅާވެގެން ދިއުމުގައި އުޅަނދުފަހަރުގެ ދުވެލި ބާރުކޮށްދިން މުހިންމު ބައިވެރިއެކެވެ.

އެލިއާއިން ބުނިގޮތުގައި ރާއްޖޭގައި ޔަމަހާ އައުޓްބޯޑު އިންޖީނުތަކަށް އެހާބޮޑަށް އިތުބާރު ހިފޭ އެންމެ ބޮޑު ސަބަބަކީ އެކުންފުނިން މެދުކެނޑުމެއްނެތި ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތަކެވެ. އަދި ރާއްޖޭގެ ބޯޓިން އިންޑަސްޓްރީގެ އެންމެ ކުރީގައި މިހާ ގިނަދުވަހު ދެމިއޮތުމުގެ އެންމެ މުހިންމު އެއް ސަބަބަކީ، ރާއްޖޭގެ މާކެޓަށް އެލިއާއިން ތައާރަފުކުރާ ޔަމަހާ އައުޓްބޯޑު އިންޖީނުގެ ކޮންމެ މޮޑެލްއަކީ ރާއްޖޭގެ ކަނޑުތަކުގައި ޓެސްޓުކޮށް ރާއްޖޭގެ މާހައުލާއި ގުޅޭގޮތަށް ގެންނަންޖެހޭ ބަދަލުތައް ގެނެވުމަށްފަހު ތައާރަފްކުރެވޭ އިންޖީނުތަކަށްވުމުން ކަމަށްވެސް އެކުންފުނިން ބުނެ އެވެ.

އެލިއާ އިން އަންނަނީ މެދު ކެނޑުމެއްނެތި މެކޭނިކުން ތަމްރީން ކުރުމާއި ޔަމަހާ އިންޖީނުތަކަށް ބޭނުންވާ ސްޕެއަ ޕާޓްސް އެލިއާއިން އަބަދު ލިބެން ހުންނާނެ އިންތިޒާމުތައް ހަމަޖައްސައި އަތޮޅުތަކަށްވެސް ޔަމަހާގެ ސާވިސް ފޯރުކޮށްދެމުންނެވެ.

އެލިއާއިން ބުނީ މިހާރަށްވުރެ ފެންވަރު ރަނގަޅު އަދި އަވަސް ހިދުމަތްތަކެއް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށްވެސް ފޯރުކޮއްދިނުމަށް އެކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށެވެ.