3 ޑިސެންބަރު 2023 - 21:47 0
ސާއިފް ޝިޔާދު
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އިންތިހާބުވި ސަލީމް. -- ފޮޓޯ: އަދަދު ފައިލް
3 ޑިސެންބަރު 2023 - 21:47 0
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ސައްލެ) އިންތިހާބުކޮށްފި އެވެ.
އެ މަގާމު ހުސްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުالله އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އެެ މަގާމަށް ސަލީމް އިންތިހާބުވެވަޑައިގަތީ 51 މެމްބަރުންގެ ވޯޓުންނެވެ. އޭނާއާ ވާދަކުރެއްވި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުالله ޖާބިރަށް ލިބިވަޑައިގެންނެވީ 23 ވޯޓެވެ.
މިރޭ ބޭއްވި މަޖިލިސް ޖަލްސާގައި ސަލީމް ވަނީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ހުރިހާ މެމްބަރުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.
މި ވޯޓުން ވެސް އެމްޑީޕީއަކީ ޑިމޮކްރަޓިކް ޕާޓީއެއް ކަން ހާމަވެގެންދިޔަ ކަމަށާއި ކޮންމެ މީހަކަށް ވެސް އެ ޕާޓީގެ ތެރެއިން ކުރިއެރުން ހޯދޭނެކަން ހާމަވާކަން ވެސް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު އަލުން އަނބުރާ އެމްޑީޕީގެ އަތްމައްޗަށް މިހާރު ވަނީ ފުރޮޅިފަ އެވެ. އެ ޕާޓީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލިސް 19 ގެ ރައީސަކަށް އިންތިހާބުވީ މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދެވެ. ނައިބު ރައީސަކީ އީވާ އެވެ.
އެމްޑީޕީގެ ތެރޭގައި ޖެހުނު މައްސަލަތަކުގައި އެ ޕާޓީ ދޫކުރައްވައި އާ ޕާޓީއެއް އީވާ އާއި ނަޝީދު އިސްވެ ތިއްބަވައި އުފެއްދެވި އެވެ. އެއާއެކު އެ ދެ މެމްބަރުންގެ އިތުބާރު ނެތް ކަމަށް އެމްޑީޕީން ހުށަހަޅަން މަސައްކަތް ކޮށް އެންމެ ފަހުން އެކަން ކާމިޔާބުވީ ވެރިކަން ބަދަލުވާން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment