Advertisement

ބޮޑުމޮހޮރާއިން 24 ފުޅި ބަނގުރަލާއެކު ތިން މީހަކު ހައްޔަރުކޮށްފި

6 އޮގަސްޓު 2024 - 12:02 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ބޮޑުމޮހޮރާގައި ބަނގުރާ ގެންގުޅު މައްސަލާގައި ހައްޔަރުކުރި ތިން މީހުން --- ފޮޓޯ: ފުލުހުން


ބޮޑުމޮހޮރާއިން 24 ފުޅި ބަނގުރަލާއެކު ތިން މީހަކު ހައްޔަރުކޮށްފި

6 އޮގަސްޓު 2024 - 12:02 0

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރުގެ ކުންފުންޏަށް ކުއްޔަށް ދީފައި އޮންނަ ވ. ބޮޑުމޮހޮރާއިން ބަނގުރަލާއެކު ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ، ބަނގުރާ ގެންގުޅެ ވިއްކާ ކަމަށް ލިބުނު މައުލޫމަތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި އެ ރަށުން ހައްޔަރުކުރީ ދިވެހި ދެ ފިރިހެނުންނާއި ލަންކާއަށް ނިސްބަތްވާ ފިރިހެނެއް ކަމަށެވެ.

ހައްޔަރުކުރި މީހުންގެ ވަނަވަރު

  • ކ. މާލެ، މ. ލަކްސް ގާޑެން، އަހުމަދު އަޝްރަފު، 43.
  • ގދ. ތިނަދޫ، ބްލޫ ހެވަން އާގެ، އަމްޖަދު މުހައްމަދު، 50.
  • ސްރީލަންކާ، ނަލިން އިންޑިކާ ކޮޑިކަރާ، 53.

މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް އަދި ވ. އަތޮޅު ފުލުހުން ގުޅިގެންނެވެ. އެ ރަށް ބަލާ ފާސްކުރިއިރު ޖުމްލަ 24 ފުޅި ބަނގުރާ ފެނުނު ކަމަށާއި އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ރިސޯޓެއް ތަރައްގީ ކުރަން 50 އަހަރަށް ބޮޑުމޮހޮރާ ޖާބިރުގެ ކުންފުންޏަށް ދިނީ ފެބްރުއަރީ 27، 2020 ގަ އެވެ.

އޭގެ ކުރިން ކުރީގެ މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސީއެސްއާރު މަޝްރޫއެއް ހިންގަން ވެސް އެ ރަށް ޖާބިރުގެ މެރިން ޓެކްނޮލޮޖީޒް އަށް ދިނެވެ. ނަމަވެސް ޖެހިގެން އައި ވެރިކަމުގައި އެ އެއްބަސްވުމަށް އަމަލުނުކުރާން ނިންމި އެވެ.

ފަހުން ބޮޑުމޮހޮރާ ޖާބިރަށް ލިބުނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވެވުނު ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުންނެވެ.