Advertisement

ރައީސްގެ ދަތުރުފުޅުތަކުގެ ހަރަދު 15 ދުވަސް ތެރޭ ހާމަކުރާ ގޮތަށް ހަމަޖައްސައިފި

2 ޑިސެންބަރު 2023 - 18:24 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ރައީސް މުއިއްޒު ތުރުކީއަށް ވަޑައިގަތުމަށް އެއާޕޯޓުގައި: ރަސްމީ ދަތުރުފުޅުތަކުގެ މާލީ ހިސާބު މަދުވެގެން 15 ދުވަސް ތެރޭ ހާމަކުރާގޮތަށް އެމަނިކުފާނު ނިންމަވާފައިވޭ -- ފޮޓޯ: ރައީސް އޮފީސް


ރައީސްގެ ދަތުރުފުޅުތަކުގެ ހަރަދު 15 ދުވަސް ތެރޭ ހާމަކުރާ ގޮތަށް ހަމަޖައްސައިފި

2 ޑިސެންބަރު 2023 - 18:24 0

ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ރަސްމީ ދަތުރުތަކުގެ ހަރަދު ގިނަވެގެން 15 ދުވަސް ތެރޭ ހާމަކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސްގެ ދަތުރުތަކުގެ ހަރަދު ކޮންމެ ދަތުރެއް ނިމޭތާ 15 ދުވަސްތެރޭ ހާމަކުރަން ޖެހޭ ގޮތަށް އެ މަނިކުފާނު ނިންމަވާފައިވާ ކަމަށެވެ.

ރަސްމީ ދަތުރުތަކުގެ މާލީ ހިސާބު ހާމަކުރެއްވުމަށް ރައީސް ނިންމެވި އިރު އެމަނިކުފާނު މިހާރު ވެސް ހުންނެވީ ޔޫއޭއީގައި ކުރިއަށްދާ ތިމާވެއްޓާ ބެހޭ ބައިނަލްއަގުވާމީ ސަމިޓު, ކޮޕް-28 ގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީއަށް ވަޑައިގެނެވެ.

މިދިޔަ ނޮވެމްބަރު 17 ގައި ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު، އެންމެ ފުރަތަމަ އެމަނިކުފާނު ވަޑައިގަތީ ތުރުކީއަށެވެ. އެ ގައުމަށް ވަޑައިގަތީ ނޮވެމްބަރު 26, ގަ އެވެ.

އެ ދަތުރުގައި ރާއްޖެ އާއި ތުރުކީއާ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުންނާއި، ފަތުރުވެރިކަމާއި، ވިޔަފާރީގެ ދާއިރާއާއި، އިންވެސްޓްމަންޓްތަކާއި، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުން ފަދަ ދާއިރާތަކުން ކުރިއަށް އޮތްތާނގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ރައީސް މުއިއްޒާއި ރައީސް ރަޖަބް ތޮއްޔިބް އުރުދުގާން މަޝްވަރާ ކުރެއްވި އެވެ.

ތުރުކީއަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށް ފަހު ދުބާއީއަށް ވަޑައިގަތީ ނޮވެމްބަރު 30 ގަ އެވެ.

މިދިޔަ ސަރުކާރުން ކޮށްފަައިވާ ދަތުރުތަކުގެ ހަރަދު ތަފްސީލުތައް ހާމަނުކުރާ ކަމަށް ބުނެ ޕީޕީއެމް/ޕީއެންސީން މީގެކުރިން ފާޑުކިޔުން އަމާޒުކޮށްފައިވެ އެވެ.