Advertisement

ހަތަރު ވަނަ ފަހަރަށް އެންމެ މަގުބޫލު މަންޒިލަކަށް ރާއްޖެ ހޮވިއްޖެ

2 ޑިސެންބަރު 2023 - 04:38 0

އަހުމަދު ސައީދު

އ

Advertisement

ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑާއި ޖައްސަޖައްސައިގެން ހަތަރު ވަނަ ފަހަރަށް ރާއްޖެ އިން ހަވާލު ވަނީ -- ފޮޓޯ ޑަބްލިޔުޓީއޭ


ހަތަރު ވަނަ ފަހަރަށް އެންމެ މަގުބޫލު މަންޒިލަކަށް ރާއްޖެ ހޮވިއްޖެ

2 ޑިސެންބަރު 2023 - 04:38 0

Advertisement

ދުނިޔޭގެ އެންމެ މަގުބޫލު ޓޫރިޒަމް މަންޒިލުގެ އެވޯޑް ޖައްސަޖައްސައިގެން ހަތަރު ވަނަ ފަހަރަށް ރާއްޖެ އަށް ހާސިލުވެ، ވޯލްޑް ޓްރެވަލް އެވޯޑްސް އިން ހޮވާ ޓޫރިޒަމްގެ އެންމެ މަގުބޫލު ޝަހްސިއްސަތަކަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ހޮވިވަޑައިގެންފި އެވެ.

ޓޫރިޒަމް ދާއިރާއިން ދޭ ދުނިޔޭގެ އެންމެ މަގުބޯލޫ އެވޯޑް ދިނުމުގެ ރަސްމިއްޔާތު އޮތީ ރޭ ދުބާއީގެ ބުޖުރު އަލް އެރެބް ހޮޓަލުގަ އެވެ. ތިރީސް ވަނަ ޓްރެވަލް އެވޯޑްގައި ދުނިޔޭގެ ކެޓަގަރީން ރާއްޖެ އަށް މި އަހަރު 11 އެވޯޑެއް ލިބުނެވެ. މީގެ އިތުރުން އިންޑިޔާ ކަނޑުގެ ސަރަހައްދުން ވެސް ވެސް މަގުބޫލު އެވޯޑު ތަކެއް ރާއްޖެ އަށް ލިބުނެވެ.

Advertisement

މި އަހަރު ދުނިޔޭގެ އެންމެ މަގުބޫލު ޓޫރިޒަމް ބޯޑަކަށް ހޮވިފައިވަނީ ވެސް ރާއްޖޭގެ، މޯލްޑިވްސް މާކެޓިން އެންމެ ޕަބްލިކު ރިލޭޝަން ކޯޕްރޭޝްނަ (އެމްއެމްޕީއާރުސީ) އެވެ. އަދި މިއާއި އެކު، އެމްއެމްޕީއާރުސީގެ ކުރީގެ ސީއީއޯ ތޮއްޔިބު މުހައްމަދަށް ސްޕެޝަލް އެޗީވްމަންޓް އެވޯޑް، ރޭގައި ވަނީ ލިބިވަޑައިގެންފަ އެވެ.

ޓްރެވަލް ޕާސްނަލިޓީ އޮފް ދި އިޔާ 2023 އެވޯޑާއި ޑރ. އަބްދުﷲ މައުސޫމް ރޭގައި ހަވާލުވެ ވަޑަިގަންނަވަނީ -- ފޮޓޯ/ ޑަބްލިޔުޓީއޭ


Advertisement

ޓްރެވްލަ ޕާސަނަލިޓީ އޮފް ދަ އިޔާ 2023 ހާސިލު ކުރެއްވުމަށްފަހު، ޑރ. މައުސޫމް ޓެރެވަލް ނިއުސް ނެޓްވޯކަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ރާއްޖެ އާއި ދުނިޔޭގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށާއި އެ އެވޯޑް ޑެޑިކޭޓް ކުރަނީ ވެސް އެ ފަރާތްތަކަށް ކަމަށެވެ. ދުނިޔޭގެ ޓޫރިޒަމަށް ކުރިމަތިވި އެންމެ ބޮޑު ވަބާ ކަމަށްވާ، ކޮވިޑް-19 އިން އަރައިގަތުމަށް، ގިނަ މަސައްކަތްތަކެއް ކުރައްވައި، ރާއްޖޭގެ ޓޫރިޒަމް ކޮވިޑް-19ގެ ކުރިން އޮތް ހާލަތަށް ޑރ. މައުސޫމު ވަނީ ގެންގޮސް ދެއްވައިފަ އެވެ.

ދުނިޔޭގެ ކެޓަގަރީން ރާއްޖެ އަށް ލިބު އެވޯޑްތައް

- ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑް (ހަތަރު ވަނަ ފަހަރަށް)

- ވޯލްޑް ލީޑިން ޓޫރިސްޓް ބޯޑު: އެމްއެމްޕީއާރުސީ

- ވޯލްޑް ލީޑިން ސީޕްލޭން އޮޕަރޭޓާ: ޓްރާން މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)

- ވޯލްޑް ލީޑިން އެއާޕޯޓް ރިސޯޓް: ހުޅުލޭ އައިލްޑް ހޮޓެލް

- ވޯލްޑް ލީޑިން ބުޓީކް އެއާޕޯޓް ހޮޓެލް: ހޮޓެލް ޖެން

- ވޯލްޑް ލީޑިން ހަނީމޫން ރިސޯޓް: ޖޭއޭ މަނަފަރު

- ވޯލްޑް ލީޑިން ލަގްޒަރީ ހަނީމުން ރިސޯޓް: ވައްކަރު މޯލްޑިވްސް

- ވޯލްޑް ލީޑިން ލަގްޒަރީ އައިލެންޑް ރިސޯޓް: ވޮއްމުލި މޯލްޑިވްސް

- ވޯލްޑް ލީޑިން ޕްރައިވެޓް އައިލެންޑް: ވެލާ ޕްރައިވެޓް އައިލެންޑް

- ވޯލްޑް ލީޑިން ވޯޓާ ވިލާ ރިސޯޓް: އެމަރަލް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ

- ވޯލްޑް މޯސްޓް ރޮމެންޓިކް ރިސޯޓް: ބަރޮސް މޯލްޑިވްސް

ތިންވަނަ ފަހަރަށް ވޯލްޑު ލީޑިން ޑެސްޓިނޭޝަންގެ މަގާމު ރާއްޖެއަށް

ތިންވަނަ ފަހަރަށް ވޯލްޑު ލީޑިން ޑެސްޓިނޭޝަންގެ މަގާމު ރާއްޖެއަށް

ވޯލްޑް ޓްރެވަލް އެވޯޑްސް 2023 ގައި އިންޑިޔާ ކަނޑުގެ ސަރަހައްދުގެ އެންމެ މަގުބޫލު މަންޒިލަކަށް ހޮވުމުގެ އިތުރުން، 22 އެވޯޑެއް ރާއްޖެ އިން ހޯދާފައިވެ އެވެ.

ވޯލްޑު ޓުރެވެލް އެވޯޑުތަކަކީ 1993 އިން ފެށިގެން ދުނިޔޭގެ ދަތުރުފަތުރުގެ ސިނާއަތުގައި އެންމެ ޝަރަފުވެރި އަދި އެންމެ ފާހަގަކޮށްލެވޭ އެވޯޑުތަކުގެ ގޮތުގައި މަޝްހޫރުވެފައިވާ އެވޯޑެވެ. މި އެވޯޑް ދެނީ ސޯޓްލިސްޓް ކުރެވޭ ފަރާތްތަކެއް، އާންމުކޮށް ހުޅުވައިލައިގެން ވޯޓު ލައިގެންނެވެ.