1 ޑިސެންބަރު 2023 - 11:02 0
މުހައްމަދު ޖަމްޝަތު ވަހީދު
ވިލިމާލޭގައި ހުންނަ "ކުޑަކުދިންގެ ހިޔާ" ދައުލަތުން ބަލަހައްޓާ ކުދިން ރީ-އިންޓެގްރޭޓް ކުރުމުގެ ގަވާއިދަށް ވަނީ ބަދަލުގެނެސްފައި ---
1 ޑިސެންބަރު 2023 - 11:02 0
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޮސްޓާ ކުރާ ބެލެނެވެރިންނާ އެކުދިންގެ ގާނޫނީ ބެލެނެވެރިކަން ހަވާލުކުރަން ކޯޓަށް ހުށަހަޅަންޖެހޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި އެވެ.
ކުދިން ފޯސްޓާ ކުރުމަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ބެލެނިވެރިކަން، ދައުލަތުގެ ފަރާތުން، އާއިލާ ނޫން އެހެން ފަރާތްތަކަށް ހަވާލުކުރުމެވެ.
ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ރީ-އިންޓެގްރޭޓް ކުރުމާ ބެހޭ ގަވާއިދަށް އިސްލާހު ގެނެސް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ވަނީ އިއްޔެ ގެޒެޓުކޮށްފަ އެވެ.
އެ އިސްލާހުގެ ދަށުން ބަދަލު ގެނެސްފައިވަނީ އެ ގަވާއިދުގެ ފަސްވަނަ މާއްދާގެ އެންމެ އަކުރަކަށެވެ. މި އަކުރުގައި ބުނެފައިވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ފޮސްޓާ ބެލެނިވެރިންނާ ހަވާލުކޮށްފައިވާ ކުދިންގެ ވާހަކަ އެވެ.
އެ އިސްލާހުގައި ބުނެފައިވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ދައުލަތުގެ ބެލުމުގެ ދަށުން ފޮސްޓާ ކުރުމަށް ހަވާލުކުރަމަށް ނިންމައި ފޮސްޓާ ބެލެނިވެރިޔާއާ ހަވާލުކޮށްފައިވާ ކުދިންގެ ގާނޫނީ ބެލެނިވެރިކަން ފޮސްޓާ ބެލެނިވެރިންނާ ހަވާލުކުރުމަށް ޝަރުއީ ކޯޓަށް ހުށަހަޅަންވާނެ ކަމަށެވެ.
އަދި މި އިސްލާހު ގެޒެޓުކުރާ ދުވަހުން ފެށިގެން އަމަލުކުރަންފަށާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
Comment