Advertisement

އޮފިސަރަކު ފަލަސްތީނަށް ތާއީދުކޮށް ފޭސްބުކްގައި ޕޯސްޓުކުރުމުން ސީއައިއޭ ނުރުހިއްޖެ

30 ނޮވެންބަރު 2023 - 06:34 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


އޮފިސަރަކު ފަލަސްތީނަށް ތާއީދުކޮށް ފޭސްބުކްގައި ޕޯސްޓުކުރުމުން ސީއައިއޭ ނުރުހިއްޖެ

30 ނޮވެންބަރު 2023 - 06:34 0

އެމެރިކާގެ ސެންޓުރަލް އިންޓެލިޖެންސް އޭޖެންސީ (ސީއައިއޭ) އޮފިސަރަކު ފަލަސްތީނަށް އޮތް ތާއީދު ދެއްކުމުގެ ގޮތުން ފޭސްބުކްގެ ކަވާ ފޮޓޯ ބަދަލު ކުރުމުން އެ އޭޖެންސީން އެކަމާ ނުރުހިއްޖެ އެވެ.

މީހަކު ފަލަސްތީނުގެ ދިދައެއް ވިހުރުވާ މަންޒަރު ފެންނަ ފޮޓޯއެއް ކަވާ ފޮޓޯއަށް ލީ މިދިޔަ އޮކްޓޯބަރު 21 ގައި ސީއައިއޭގެ އެސޯސިއޭޓު ޑެޕިއުޓީ ޑިރެކްޓަރެއް ކަމަށް އެމެރިކާގެ ފައިނޭންޝަލް ޓައިމްސްއިން ރިޕޯޓު ކޮށްފައިވެ އެވެ.

އޭގެފަހުން "ފްރީ ޕަލެސްޓައިން" ޖަހާފައިވާ ފޮޓޯއެއް ވެސް އޭނާގެ ފޭސްބުކްފައި ހިއްސާ ކޮށްފައިވެ އެވެ. ނަމަވެސް މީޑިއާތަކުން ސުވާލު ކުރަން ފެށުމުން އެ އޮފިސަރު ވަނީ ފަހުން އެ ދެ ޕޯސްޓު ވެސް ޑިލީޓު ކޮށްލައިފަ އެވެ.

އެކަމާ ގުޅިގެން ސީއައިއޭއިން ވަނީ އިންޓާނަލް މެމޯއެއް ނެރެ، އެ އޭޖެންސީގެ ހުރިހާ އޮފިސަރުން ވެސް ސިޔާސީ ކަންކަމުން ދުރުހެލިވެ، އެފަދަ ހިޔާލުތައް މީސްމީޑިއާގައި އާންމު ނުކުރުމަށް އަންގައިފަ ކަމަށް އެންބީސީ ނޫހުގައި ރިޕޯޓުކޮށްފައިވެ އެވެ.

ސީއައިއޭ އަކީ އެމެރިކާގެ ރައީސްއަށް އިންޓެލިޖެންސް މައުލޫމާތާއި ކަންކަމުގެ ދިރާސީ ރިޕޯޓުތައް ހިއްސާ ކުރާ އެންމެ އިސް އޭޖެންސީ އެވެ.

ސީއައިއޭ ފަދަ އޭޖެންސީތަކުގައި މަސައްކަތް ކުރާ އޮފިސަރުން އެފަދަ ޕޯސްޓުތައް ކުރުމަކީ އެއީ އާންމުކޮށް ހިނގާ ކަމެއް ނޫނެވެ.