Advertisement

މަދަނީ މިންގަނޑުން ބައްޕަ ސާބިތުނުވި މައްސަލަ އޭޖީން އަނބުރާ ގެންގޮސްފި

27 ނޮވެންބަރު 2023 - 16:57 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ސުޕްރީމް ކޯޓު އިމާރާތް؛ ބައްޕަ ކަން މަދަނީ މިންގަނޑުން ސާބިތުނުވި މައްސަލަ އޭޖީ އޮފީހުން އަނބުރާ ގެނެސްފި


މަދަނީ މިންގަނޑުން ބައްޕަ ސާބިތުނުވި މައްސަލަ އޭޖީން އަނބުރާ ގެންގޮސްފި

27 ނޮވެންބަރު 2023 - 16:57 0

ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކަށް ދިވެހި ރައްޔިތުކަން ދިނުމަށްޓަކައި މަދަނީ މިންގަނޑުން އެ ކުއްޖާގެ ބައްޕަ ސާބިތު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމި މައްސަލައިގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ފަހު އަނބުރާ ގެނެސްފި އެވެ.

އެ މައްސަލައިގެ ހުކުމް އެެޓާނީ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ މި މަހުގެ 16، ގަ އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ މައްސަލަ އަލުން ބަލައި މުރާޖައާ ކުރުމަށް ފަހު ސުޕްރީމް ކޯޓުގައި އިސްތިއުނާފު މައްސަލަ އިތުރަށް ކުރިއަށް ގެންދަން ނުފެންނާތީ އަނބުރާ އެ މައްސަލަ ނެގުމަށް ނިންމާފައިވާ ކަމަށެވެ.

ދައުލަތުން ފެމިލީ ކޯޓަށް ހުށަހެޅި މައްސަލާގައި ވަނީ އިންޑޮނޭޝިއާގެ އަންހެނަކު ރާއްޖޭގައި ވިހެއުމަށް ފަހު ދޫކޮށްލާފައިވާ ދިޔަ ކުއްޖެއްގެ ބައްޕައަކީ ދިވެއްސެއް ކަމަށް ބެލެވޭތީ އެ ގޮތަށް ކަނޑައަޅައިދިނުމަށެވެ. ނަމަވެސް އެއީ ގާނޫނުން ދަންނަ ކަމެއް ނޫން ކަމަށާއި މިއީ ނަސަބު ކަނޑައެޅުމުގެ މައްސަލައެއް ކަމަށް ފެމިލީ ކޯޓުންނާއި ހައި ކޯޓުން ނިންމާފައިވެ އެވެ.

އެ ކުއްޖާގެ މަންމައަކީ އިންޑޮނޭޝިއާގެ މީހެއް ކަމަށްވާތީ އިންޑޮނޭޝިއާގެ ރައްޔިތުކަން އެ ކުއްޖާއަށް ދިނުމުގެ ފުރުސަތު އޮތްކަން ހައި ކޯޓުގެ ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.