26 ނޮވެންބަރު 2023 - 13:33 0
26 ނޮވެންބަރު 2023 - 13:33 0
މިއުނިކް (ނޮވެމްބަރު 26) - ޖަރުމަނު ލީގުގައި ވާޑާ ބްރެމެން އަތުން 3-0 އިން މޮޅުވެ، ލީގުގެ ރެކޯޑަކާ ހަމަކޮށް ބަޔާ ލެވަކޫސަނުން ލީގު ތާވަލުގެ އެއް ވަނަ އަށް އަލުން ޖެހިލައިިފި އެވެ.
ޖަރުމަނު ލީގުގެ އާ ސީޒަނެއް ފަށައިގެން ފުރަތަމަ 12 މެޗުގެ ތެރެއިން 11 މެޗު ކާމިޔާބުކޮށް، ބަޔާން މިއުނިކުން 2015-2016 ވަނަ އަހަރު ހެދި ރެކޯޑާ ލެވަލޫސަނުން ވަނީ ހަމަކޮށްފަ އެވެ.
ސްޕެއިނުގެ ކުރީގެ މަޝްހޫރު މިޑްފީލްޑަރު، ޒަބީ އަލޮންސޯގެ ކޯޗުކަމުގައި ކުޅޭ ލެވަކޫސަން ލީގުގެ އެއް ވަނަ އަށް ޖެހިލީ 12 މެޗުން 34 ޕޮއިންޓާ އެކު އެވެ. ބަޔާން ދެ ވަނައިގައި އޮތީ 12 މެޗުން 32 ޕޮއިންޓް ހޯދައިގެންނެވެ.
ބްރެމެން ދަނޑުގައި ރޭ ކުޅުނު މެޗުގެ ނުވަ ވަނަ މިނިޓްގައި ލެވަކޫސަނުން ލީޑުނެގި އެވެ. މި ލަނޑަކީ ބްރެމެންގެ އޮލިވިއޭ ޑެމަން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ލެވަކޫސަނުން ދެ ވަނަ ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ ފުރަތަމަ ހާފު ނިމެން ތިން މިނިޓަށް ވެފައި ހުއްޓަ އެވެ. އެ ޓީމުގެ ގޯލު ޖަހައިދިނީ 42 ވަނަ މިނިޓްގައި ޖެރެމީ ފްރިމްޕޮންގް އެވެ.
ލެވަކޫސަނުން ވަނީ ދެ ވަނަ ހާފުގައި ވެސް ރަނގަޅު ކުޅުމެއް ދައްކައި، އިތުރު ގޯލެއް ޖަހައިފަ އެވެ. މި ގޯލު ޖަހައިދިނީ ކުރިން ބެންފީކާ އިން ފާހަގަކޮށްލެވުނު ފުލްބެކް، އަލެކްސް ގްރިމާލްޑޯ އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު، ލެވަކޫސަންގެ ކޯޗަކަށް ހަމަޖެއްސި އަލޮންސޯގެ އިރުޝާދުގެ ދަށުން އެ ޓީމުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ.
Comment