Advertisement

މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ މަގާމު "ދައުރު" ގެ ނާއިފަށް

25 ނޮވެންބަރު 2023 - 22:22 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އެންމެ މޮޅު ނޫސްވެރިޔާގެ އިނާމާ ނާއިފް ހަވާލުވަނީ -- ފޮޓޯ: މިރާން ނާޝިމް / އަދަދު


މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ މަގާމު "ދައުރު" ގެ ނާއިފަށް

25 ނޮވެންބަރު 2023 - 22:22 0

މޯލްޑިވްސް މީޑިއާ ކައުންސިލުން ހޮވާ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު "ދައުރު" ނޫހުގެ އަހުމަދު ނާއިފް ހާސިލުކޮށްފި އެވެ.

އެ މަގާމު ހާސިލުކޮށްފައި ވަނީ "މިހާރު" ނޫހުގެ އާސިމާ ނިޒާރު އާއި "ރާއްޖެ ޓީވީ" ގެ ލައިޝާ އަހުމަދު އާ ވާދަކޮށްގެންނެވެ. އެންމެ މޮޅު ނޫސްވެރިޔާގެ މަގާމުގެ އިތުރުން ނާއިފް ވަނީ ވިޔަފާރި އާއި އިގުތިސާދީ ދާއިރާއިން ވެސް އެވޯޑު ހާސިލު ކޮށްފަ އެވެ.

އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރުފުވެރި މެހެމާނު، ނައިބު ރައީސް، އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް އެވެ.

އަހުމަދު ނާއިފް ނޫސްވެރިކަމުގެ ދާއިރާއަށް ނުކުތީ 2010 ވަނަ އަހަރު ސަން އޮންލައިނުންނެވެ. އޭގެފަހުން އޭނާ ވަނީ ހަވީރު ނޫހާއި އަވަސް ނޫހުގައި މަސައްކަތް ކޮށްފަ އެވެ. ނާއިފް އަކީ މިހާރު ދައުރު ނޫހުގެ ސީނިއަ އެސޯސިއޭޓު އެޑިޓަރެވެ.

ނާއިފްއަކީ ވިޔަފާރިއާއި އިގުތިސާދީ ދާއިރާއަށް ހާއްސަ ނޫސްވެރިއެކެވެ. ނަމަވެސް އޭނާގެ ގަލަން ތަފާތު އެހެން ދާއިރާތަކުގައި ވެސް ހިނގަ އެވެ.

މިފަހަރު ނޫސްވެރިކަމުގެ އިނާމު ލިބުނު އެހެން ނޫސްވެރިން

  • އުންމީދީ ނޫސްވެރިޔާ - މުހައްމަދު ނާއިލް ހަފީޒު (ސަން)
  • ފޮޓޯ ޖާނަލިޒަމް - ފަޔާޒު މޫސާ (މިހާރު)
  • ފީޗާ - ޝަހުދާ މުހައްމަދު (ދައުރު)
  • ވީޑިއޯ ޖާނަލިޒަމް - ހައްވާ އަމާނީ އަބްދުﷲ (މިހާރު)
  • ކުޅިވަރު - ހުސައިން ހަބީބް (މިހާރު)
  • ވިޔަފާރިއާއި އިގުތިސޯދު - އަހުމަދު ނާއިފު (ދައުރު)
  • ތަހުގީގީ ނޫސްވެރިކަން - އަހުމަދު މިޒްޔާލް (ދައުރު)
  • ޝަރުއީއާއި ގާނޫނީ - މުއިއްޒު އިބްރާހިމް (މިހާރު)
  • ސިޔާސީ - ނާޒިމް ހަސަން (އަދަދު)
  • އިޖުތިމާއީ - ޝަހުދާ މުހައްމަދު (ދައުރު)

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ އެވޯޑުތަކަކީ ނޫސްވެރިންގެ އަގު ވަޒަން ކުރުމުގެ ގޮތުން 2014 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ދެމުންދާ އެވޯޑުތަކަކެވެ.