Advertisement

އުރީދޫ ޑްރޯން ރޭހަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

25 ނޮވެންބަރު 2023 - 11:28 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް


އުރީދޫ ޑްރޯން ރޭހަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

25 ނޮވެންބަރު 2023 - 11:28 0

މިއަހަރުގެ އުރީދޫ ފަން ރަން އާއިއެކު ބޭއްވުމަށް ހަމަޖެހިފައިވާ ރާއްޖޭގެ ފުރަތަމަ ޑްރޯން ރޭސް، "އުރީދޫ ޑްރޯން ރޭސް 2023" އަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އަންނަ ޑިސެމްބަރު 22، ގެ ހެނދުނު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ހަރަކާތަކީ ޑްރޯން ދުއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ތަފާތު ތަޖުރިބާއެއް ލިބިގެންދާނެ ހަރަކާތެއް ކަމުގައި އުރީދޫއިން ބުނެ އެވެ.

އުރީދޫ ޑްރޯން ރޭސް ބާއްވާނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ "ސްކައި އެލީޓް" (އެފްޕީވީ ޑްރޯން) އާއި ނޮން-އެފްޕީވީ ޑްރޯންތަކަށް ހާއްސަކޮށްފައިވާ "ސްކައި ވޯކާ" ކެޓަގަރީ އެވެ. ސްކައި އެލީޓް ކެޓެގަރީ ގައި 16 އަހަރުން މަތީގެ ކޮންމެ ފަރާތްތަކަށް ވެސް ބައިވެރި ވެވޭއިރު، ސްކައި ވޯކާ ކެޓްގަރީގައި ބައިވެރިވެވެނީ 12 އަހަރުން މަތީގެ މީހުންނަށެވެ.

ދެ ކެޓެގަރީގައި ވެސް އޮބްސްޓެކަލްސް ހިމެނޭ ގޮތަށް ތައްޔާރު ކޮށްފައިވާ ޓެރެކުގައި ރޭސް ޖަހާ އިރު ވީހާވެސް އަވަހަކަށް ރޭސް ފުރިހަމަ ކުރުމަށް ސަމާލުކަން ދިނުމަށް އުރީދޫއިން ވަނީ ބުނެފަ އެވެ. ކޮންމެ ބައިވެރިއަކަށް ވެސް ރެޖިސްޓަރީ ކުރެވޭނީ ކޮންމެވެސް އެއް ކެޓެގަރީއަށެވެ.

ސްކައި އެލީޓް (އެފްޕީވީ ޑްރޯންސް) ކެޓަގަރީ

މި ކެޓެގަރީ ގައި ބައިވެރިވެވޭނީ ޑިސެމްބަރު 22، ގެ ނިޔަލަށް 16 އަހަރު ފުރިފާވާ އަދި 16 އަހަރުން މަތީގެ އެފްޕީވީ ޑްރޯން ޕައިލެޓުންނަށެވެ. އަދި މި ކެޓެގަރީގައި ބައިވެރިވާ ބޭފުޅުން ރޭހުގައި ބައިވެރިވާން ޖެހޭނީ އަމިއްލަ އެފްޕީވީ ޑްރޯނާ އެކުގައި ކަމަށް އުރީދޫއިން މައުލޫމާތުދެ އެވެ.

އެއާކްރާފްޓް ސްޕެސިފިކޭޝަންސް: 30 ސެންޓިމީޓަރަށްވުރެ ބޮޑު ނޫން، އުދުހޭ ބަރުދަން 800 ގްރާމަށްވުރެ ދަށުގެ ޑްރޯނަކަށް ވާންޖެހޭނެ އެވެ. ޑްރޯންގެ ގޮގްލްސްގައި އެޗްޑީ ވީޑިއޯ އުފެއްދުމުގެ ގާބިލުކަން ހުންނަންވާނެ އެވެ.

ސްކައި ވޯކާ (ނޮން-އެފްޕީވީ ޑްރޯން) ކެޓަގަރީ

މި ކެޓެގަރީ ގައި ބައިވެރިވެވޭނީ ޑިސެމްބަރު 22، ގެ ނިޔަލަށް 12 އަހަރު ފުރިފާވާ އަދި 12 އަހަރުން މަތީގެ ނޮން-އެފްޕީވީ ޑްރޯން ޕައިލެޓުންނަށެވެ. އަދި މި ކެޓެގަރީގެ ބައިވެރިންނަށް ސްޓެބިސިސް ގެ ފަރާތުން ރޭހުގައި ބޭނުންކުރުމަށް ޑީޖޭއައި ޑްރޯން ފޯރުކޮށްދޭނެ އެވެ. މި ކެޓެގަރީގެ ބައިވެރިންނަށް ރޭހުގައި އަމިއްލަ ޑްރޯން ބޭނުންނުކުރެވޭނެ ކަމަށް އުރީދޫއިން ބުނެ އެވެ.

ރޭހުގެ ކުރިން މި ކެޓެގަރީ އަށް ރެޖިސްޓްރީ ކުރާ ފަރާތްތަކުން ޕްރީ ކޮލިފިކޭޝަން ރައުންޑުގައި ބައިވެރިވެ ރޭހަށް ކޮލިފައިވާންޖެހެ އެވެ. ޕްރީ ކޮލިފިކޭޝަން ރައުންޑް އޮންނަ ތާރީހާއި ގަޑި ރެޖިސްޓްރީ ކުރާ ފަރާތްތަކަށް ރެޖިސްޓްރޭޝަން މަރުހަލާ ނިމުމުން އުރީދޫއިން އަންގާނެ އެވެ.

އުރީދޫ ޑްރޯން ރޭހުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ސްކައި ވޯކާ އަދި ސްކައި އެލީޓް ކެޓެގަރީގައި ވާދަކޮށް އެއްވަނަ ދެ ވަނަ އަދި ތިން ވަނަ އަށް ދާ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ވެސް ވަނީ ހަމަޖެހިފަ އެވެ.

ސްކައި އެލީޓް (އެފްޕީވީ ޑްރޯންސް) ކެޓަގަރީ:

  • އެއް ވަނަ އިނާމު: ޑީޖޭއައި މިނީ 3 ޕްރޯ (ޑީޖޭއައި އާރްސީ) އެއް
  • ދެ ވަނަ އިނާމު: 5ޖީ އެއާފައިބާ ޑިވައިސް އަދި 3 މަސް ދުވަހުގެ ހިލޭ ޕެކޭޖް (1536 ޖީބީ)
  • ތިން ވަނަ އިނާމު: 2000 ރުފިޔާގެ މޫލީ ވައުޗަރެއް

ސްކައި ވޯކާ (ނޮން-އެފްޕީވީ ޑްރޯން) ކެޓަގަރީ:

  • އެއް ވަނަ އިނާމު: ޑީޖޭއައި މިނީ 2 އެސްއީ އެއް
  • ދެ ވަނަ އިނާމު: 5ޖީ އެއަރފައިބަރ ޑިވައިސް އަދި 3 މަސް ދުވަހުގެ ހިލޭ ޕެކޭޖް (750ޖީބީ)
  • ތިން ވަނަ އިނާމު: 1000 ރުފިޔާގެ މޫލީ ވައުޗަރެއް

އަންނަ ޑިސެމްބަރު 10، ގެ ނިޔަލަށް އުރީދޫ ޑްރޯން ރޭހަށް ރަޖިސްޓްރީ ވެވޭނެ އެވެ. އުރީދޫ ވެބްސައިޓް މެދުވެރިކޮށް ޑްރޯން ރޭހަށް ރަޖިސްޓްރީ ވެވޭނެ އެވެ.