Advertisement

މެސީގެ އިންޓަ މިއާމީން ސައުދީގައި މެޗު ކުޅެން އަދި ޑީލެއް ނެތް

23 ނޮވެންބަރު 2023 - 08:23 0


މެސީގެ އިންޓަ މިއާމީން ސައުދީގައި މެޗު ކުޅެން އަދި ޑީލެއް ނެތް

23 ނޮވެންބަރު 2023 - 08:23 0

މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (ނޮވެމްބަރު 23) - ލިއޮނަލް މެސީ ކެޕްޓަންކަން ކުރަމުން އަންނަ އެމެރިކާގެ ކްލަބް، އިންޓަ މިއާމީން، ސައުދީ އަރަބިއްޔާގައި ޕްރީ ސީޒަން މެޗުތަކެއް ކުޅެން ނިންމާފައިވާ ކަމަށް ދެކެވެމުން އަންނަ ވާހަކަތައް އިންޓަ މިއާމީން ދޮގުކޮށްފި އެވެ.

އަންނަ ފެބްރުއަރީ މަހު ރިޔާދު ކަޕްގައި، އިންޓަ މިއާމީ އާއި ސައުދީ ޕްރޯ ލީގުގެ އަލް ނަސްރު އަދި އަލް ހިލާލް އިން މެޗުތަކެއް ކުޅެން ރާވާފައިވާ ކަމަށް މީޑިއާގައި ވާހަކަ ދެކެވެން ފެށުމާ އެކު، އިންޓަ މިއާމީން ވަނީ އަދި އެފަދަ އެއްބަސްވުމެއް ނެތް ކަމަށް ބުނެފަ އެވެ.

މީޑިއާތަކުން މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ "ލާސްޓް ޑާންސް" ކަމަށް ބުނެ، މެސީގެ އިންޓަ މިއާމީ އާއި ރޮނާލްޑޯގެ އަލް ނަސްރުގެ މެޗު ޕްރޮމޯޓް ކުރުމުން އެ މެޗު ވަނީ ވަރަށް ބޮޑަށް ވައިގައި ހިފައިފަ އެވެ. އެކަމަކު، އިންްޓަ މިއާމީން މި ވަނީ މި ވަގުތަށް އެ ކަން އެއްބަސްވެވިފައި ނެތް ކަމަށް ބުނެފަ އެވެ.

އެކަމަކު، މެސީ އާއި ރޮނާލްޑޯގެ މެޗެއް، އިންޓަ މިއާމީ މެދުވެރިވެގެން ކުޅެވެން އޮތްނަމަ އެ ކަން ކުރެވޭތޯ އެ ކްލަބުން ވެސް މަސައްކަތް ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

މި މަހުގެ ކުރީކޮޅުގައި އިންޓަ މިއާމީން ޗައިނާގައި ދެ މެޗެއް ކުޅެން ރޭވި އެވެ. އެކަމަކު، ފަހުން އެ މެޗުތައް ކެންސަލްކުރަން ޖެހުނީ ޗައިނާގައި އެ މެޗު ކުޅެވޭނެ ހާލަތެއް ނެތް ކަމަށް މެޗުތައް އިންތިޒާމް ކުރި ފަރާތްތަކުން ހާމަކުުރުމާ އެކުގަ އެވެ.