Advertisement

ނެޝަނަލް ބޯޓިން އެސޯސިއޭޝަންގެ ރައީސް އަކަށް އާމިރު މަންސޫރު އިންތިހާބުކޮށްފި

22 ނޮވެންބަރު 2023 - 14:41 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

އެންބީއެމްއޭގެ އާ އެގްޒެކެޓިވް ބޯޑު މެމްބަރުން --- ފޮޓޯ: އެންބީއޭއެމް


ނެޝަނަލް ބޯޓިން އެސޯސިއޭޝަންގެ ރައީސް އަކަށް އާމިރު މަންސޫރު އިންތިހާބުކޮށްފި

22 ނޮވެންބަރު 2023 - 14:41 0

ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) ގެ އަހަރީ އާންމު ޖަލްސާ ބާއްވައި އާ ދައުރުގެ ރައީސަކަށް އާމިރު މަންސޫރު އިންތިހާބުކޮށްފި އެވެ.

މާގިރި ހޮޓަލުގައި ރޭ ކުރިއަށްދިޔަ އެންބީއޭއެމްގެ އަހަރީ އާންމު ޖަލްސާގައި ވަނީ ފާއިތުވި 16 އަހަރުތެރޭ އެ އެސޯސިއޭޝަނުން ހޯދާފައިވަ ކާމިޔާބީ އާއި ކުރިއެރުންތައް ވީޑިއޯ ޕްރެޒެންޓޭޝަނެއް މެދުވެރިކޮށް ދައްކާލާފަ އެވެ.

އަދި އެންބީއެމްއޭ އެގްޒެކެޓިވް ބޯޑު މެމްބަރުންގެ ދައުރު ހަމަވެފައިވާތީ އާ ދައުރުގެ ބޯޑަށް މެމްބަރުން ވެސް ވަނީ އައްޔަންކޮށްފަ އެވެ. އާ ބޯޑު އިންތިހާބު ކުރުމުގެ ކަންކަން ކުރިއަށް ގެންދިޔައީ ޖަލްސާގައި ހާޒިރުވި 37 މެމްބަރުންގެ ސިއްރު ވޯޓަކުންނެވެ.

އެގޮތުން އެންބީއެމްގެ ރައީސްގެ މަގާމަށް އިންތިހާބުވީ އާމިރު މަންސޫރު އެެވެ.

މި ޖަލްސާގައި އާމިރު ވަނީ ރާއްޖޭގެ ބޯޓިން ދާއިރާގައި ހުރި އަދި މިހާރުން މިހާރަށް ހައްލުކުރަންޖެހޭ ކަންބޮޑުވުންތައް ހިއްސާކުރައްވާފަ އެވެ.

އެންމެ ބޮޑު ކަންބޮޑުވުމަކަށް އޭނާ ފާހަގަކުރެއްވީ ރާއްޖޭން ބޭރުގެ ސަފާރީ ބޯޓުފަހަރުތައް ޑިއުޓީ ނުދައްކައި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ ރާއްޖޭގެ ބޯޓުފަހަރުތަކާ އެއް ހަމައެއްގައި ހަރަކާތްތެރިވާ މައްސަލަ އެވެ. އާމިރު ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެ ބޯޓުތައްވެސް ރާއްޖޭގެ ބޯޓުތަކާ އެއް ޕްލެޓްފޯމެއްގައި މަސައްކަތް ކުރުވަން އެސޯސިއޭޝަނުން މަސައްކަތްތަކެއް ކުރައްވާނެ ކަަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ސަފާރީ ބޯޓުތައް އަޅަން ހާއްސަ ބަނދަރެއްގެ މުހިއްމުކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އެންބީއޭއެމް އަށް އަލަށް އިންތިހާބުވި ބޯޑު

  1. ރައީސް - އާމިރު މަންސޫރު
  2. ނައިބު ރައީސް - އާމިނަތު ސަލާހް
  3. ހަޒާންދާރު - އަހުމަދު އިބްރާހީމް
  4. މަރިޔަމް މާއިޝާ (މާއި) - ސެކްރެޓަރީ ޖެނެރަލް އަދި އެގްޒެކެޓިވް ބޯޑު މެންބަރު
  5. އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ) - އެގްޒެކެޓިވް ބޯޑު މެންބަރު
  6. އަހުމަދު އަފްރާހް - އެގްޒެކެޓިވް ބޯޑު މެންބަރު
  7. އިބްރާހީމް ޝާހިދު - އެގްޒެކެޓިވް ބޯޑު މެންބަރު
  8. އަހުމަދު ޒުބައިރު އާދަމް - އެގްޒެކެޓިވް ބޯޑު މެންބަރު
  9. އަބްދުﷲ ނަޝީދު - އެގްޒެކެޓިވް ބޯޑު މެންބަރު
  10. ހުސައިން އަމާން - އެގްޒެކެޓިވް ބޯޑު މެންބަރު
  11. އިސްމާއިލް ޝަރީފް - އެގްޒެކެޓިވް ބޯޑު މެންބަރު
  12. ހަސަން ހަލީމް - އެގްޒެކެޓިވް ބޯޑު މެންބަރު

ޖަލްސާގައި ވާހަކަ ދައްކަވަމުން އެންބީއޭއެމްގެ ކުރީގެ ރައީސް އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ) ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ޒިންމާތަކާއެކު ކުރިއަށް ދިއުމަށް ދިމާވި ދަތި ވަގުތުތަކުގައި އާއި ގޮންޖެހުންތަކުގައި އެ އެސޯސިއޭޝަނުން ހޯދި ކާމިޔާބީތަކަށް މެންބަރުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

އަދި އާ ބޯޑު އިންތިހާބު ކުރުމަށް ތާއީދު ކުރައްވާކަން ޔަގީންކޮށްދީ އެސޯސިއޭޝަނުން ހާސިލު ކުރަންޖެހޭ ލަނޑުދަނޑިތައް ހާސިލުކުރުމަށް މެމްބަރުންގެ ބައިވެރިވުން އިތުރުކޮށްދިނުމަށް އޭނާ އެދިލެެއްވި އެެވެ.