Advertisement

އަޔާދީ ތަކާފުލްގެ ކަސްޓަމަރުން ސާޕްލަސްއަށް އެދުމަށް ހުޅުވާލައިފި

22 ނޮވެންބަރު 2023 - 14:43 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

އެލައިޑް އިންޝުއާރެންސް ކުންފުނި -- ފޮޓޯ: އަދަދު


އަޔާދީ ތަކާފުލްގެ ކަސްޓަމަރުން ސާޕްލަސްއަށް އެދުމަށް ހުޅުވާލައިފި

22 ނޮވެންބަރު 2023 - 14:43 0

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްއިން 2021 ވަނަ އަހަރުގެ ސާޕްލަސް ބެހުމަށް ކަނޑައަޅައި، ސާޕްލަސް ލިބުމަށް ޝަރުތު ހަމަވާ ބައިވެރިން އެކަމަށް އެދި ހުށަޅައެޅުމަށް ހުޅުވާލައިފި އެވެ.

ތަކާފުލް ފަންޑުގެ ޖުމްލަ ފައިދާއަށް ބެލުމަށްފަހު، 2021 ވަނަ އަހަރުގެ ސާޕްލަސް ބަހަން އެލައިޑް އިންޝުއަރަންގެ ބޯޑުން ނިންމާ އެކަން އިއުލާނުކުރީ މިއަދު އެވެ.

ސާޕްލަސް ބެހުމަކީ ކޮބާ؟

އަޔާދީ ތަކާފުލްއިން ފޯރުކޮށްދޭ ޖެނެރަލް ތަކާފުލް ބިނާވެގެންވަނީ ޝަރީއާ ހުއްދަކުރާ މުއާމަލާތެއްކަމުގައިވާ "ވަކާލާ" މޮޑެލްގެ މައްޗަށް ބިނާކޮށެވެ.

މި މޮޑެލްގައި، ބައިވެރިވާ ފަރާތް ތަކާފުލް ޕްލޭންގައި ބައިވެރިވުމަށްޓަކައި ދައްކާ ކޮންޓްރިބިއުޝަން އަޔާދީ ތަކާފުލް އަށް ދައްކަނީ، ވަކީލެއްގެ ހައިސިއްޔަތުން އެ ފައިސާގެ ތެރެއިން ވަކާލާ ފީ އުނިކުރުމަށްފަހު، ބާކީ އޮންނަ އަދަދު "ބައިވެރިންގެ ފަންޑު" ގައި ބަހައްޓައި ބަލަހައްޓައިދިނުމަށް އެއްބަސްވެގެންނެވެ.

އެގޮތުން، ވަކީލެއްގެ ހައިސިއްޔަތުން އަޔާދީ ތަކާފުލްއިން ނަގާ ވަކާލާ ފީ ހުންނާނީ އަޔާދީ ތަކާފުލްގެ "ތަކާފުލް އޮޕަރޭޓާ" ފަންޑުގަ އެވެ. އެ ފަންޑުން ހޭދަކުރާނީ އަޔާދީ ތަކާފުލް ހިންގުމުގެ ގޮތުން ކުރަންޖެހޭ ހަރަދުތައް ކުރުމަށެވެ. އަދި ބައިވެރިންނަށް ލިބޭ އެކި ގެއްލުންތަކަށް ބަދަލުދެވިގެން ދާނީ ބައިވެރިންގެ ފަންޑުގައި ހުންނަ ފައިސާއިން ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.

ސާޕްލަސްއަކީ ތަކާފުލްގައި ބައިވެރިވުމަށް ކަސްޓަމަރުން ކޮންޓްރިބިއުޝަން ގޮތުގައިދޭ ފައިސާ ޖަމާކޮށް، ގާއިމްކުރާ "ބައިވެރިންގެ ފަންޑު" އިން ސީދާ ތަކާފުލްއާއި ގުޅޭ ހަރަދުތަކުގެ ގޮތުގައި ބެލެވޭ ހަރަދުތައް އުނި ކުރުމަށްފަހު، ބާކީ ފައިސާ ބައިވެރިންގެ ރިސްކް ފަންޑްގެ ގޮތުގައި އިންވެސްޓްކޮށްގެން އަހަރު ނިމޭއިރު ފަންޑުގައި އިތުރަށް ހުންނަ ފައިސާއަށް ކިޔާ ނަމެވެ.

އާންމު އުސޫލުން ސާޕްލަސް ލިބުމަށް ޝަރުތު ހަމަވާނީ، ސާޕްލަސް ދިނުމަށް ކަނޑައަޅާފައިވާ ހިދުމަތްތަކުގެ ތެރެއިން ހިދުމަތެއް ނަގައި، ސާޕްލަސް ދިނުމަށް ކަނޑައަޅާ މުއްދަތު "2120" ވަނަ އަހަރުގައި ބަދަލަށް އެދި ހުށައަޅާފައި ނުވާ ފަރާތްތަކެވެ.

އެގޮތުން ސާޕްލަސްގެ ގޮތުގައި ކަނޑައެޅޭ ފައިސާއަށް އެދި އެކަމަށް ޝަރުތުހަމަވާ ފަރާތްތަކުން ހުށައެޅުމުން އެފައިސާ ޖަމާކުރެވޭނީ އަޔާދީ ތަކާފުލްއަށް ހިއްސާކޮށްފައިވާ އެފަރާތެއްގެ ބޭންކު އެކައުންޓަށްކަމަށް އެ ކުންފުނިން ބުނެ އެވެ.

އަމިއްލަ ފަރާތްތަކުގެ ބޭންކު އެކައުންޓް ވެރިފައިކުރުމަށް އަދި ސާޕްލަސް ލިބޭ ބައިވެރިއެއްކަން ޔަގީންކުރުމަށްއިޑް މައިއެލައިޑްގެ "ޗެކް ސާޕްލަސް އެލިޖިބިލިޓީ" ޓެބުން ނުވަތަ އެލައިޑް މޯބައިލް އެޕް އަދި ކަސްޓަމަރ ފްރަންޓު އޮފީހަށް ގޮޮސްގެން ބެލޭނެ އެވެ. އަދި އަޔާދީ ތަކާފުލްގެ ކަސްޓަމާ ކެއާ ނަންބަރު 1600 އަށް ގުޅައިގެން ވެސް އެމައުލޫމާތު ސާފުކުރެއްވޭނެ އެވެ.

ސާޕްލަސް ފައިސާ ޖަމާކުރުމަށް މިހާރު ހިއްސާކޮށްފައިވާ އެކައުންޓް ބަދަލުކުރަން ބޭނުންވާނަމަ، މައިއެލައިޑް ވެބް ޕޯޓަލް އަދި އެލައިޑް މޯބައިލް އެޕް އިން އެ މައުލޫމާތުތައް ބަދަލުކުރެއްވޭނެ އެވެ.

ސާޕްލަސްއަށް އެދި ހުށަހެޅޭ ސުންގަޑިއަކީ އަންނަ ޖެނުވަރީ 21، ގެ 16:00 އެވެ. އަޔާދީ ތަކާފުލްގެ ވެބްސައިޓުންނާއި ކަސްޓަމާ ފްރަންޓު އޮފީހުން ފޯމު ލިބެން ހުންނާނެ އެވެ. "މައިއެލައިޑް" ޕޯޓަލް މެދުވެރިކޮށްވެސް ސާޕްލަސްއަށް އެދެވިދާނެކަމަށް އަޔާދީ ތަކާފުލްއިން މައުލޫމާތުދެ އެވެ.