Advertisement

އަމީނަށް ދެ މިލިއަން ރުފިޔާގެ ބަދަލެއްދީ، ވަޒީފާގެ މައްސަލަ ހައްލުކޮށްފި

21 ނޮވެންބަރު 2023 - 11:56 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޓްރާންސްޕޯޓް މިނިސްޓަރު އަމީން ކެބިނެޓް ބައްދަލުވުމަކަށް ވަޑައިގަންނަވަނީ؛ އަމީނަށް ދެ މިލިއަން ރުފިޔާގެ ބަދަލެއް ދީފައި ވަޒީފާގެ މައްސަލަ ނިންމާލައިފި --- ފޮޓޯ: ރައީސް އޮފީސް


އަމީނަށް ދެ މިލިއަން ރުފިޔާގެ ބަދަލެއްދީ، ވަޒީފާގެ މައްސަލަ ހައްލުކޮށްފި

21 ނޮވެންބަރު 2023 - 11:56 1

މި ސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން، އައިލެންޑް އޭވިޝަން ސާވިސްގައި ކުރިން އަދާކުރަމުން ދިޔަ ވަޒީފާއިން ވަކި ކުރި މައްސަލާގައި އޭނާއަށް ދެ މިލިއަން ރުފިޔާގެ ބަދަލެއް ދެވޭ ގޮތަށް އެއްބަސްވެ ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށްފި އެވެ.

އަމީން ހުންނެވީ އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓަ ފްލައިޓް އޮޕަރޭޝަންގެ މަގާމުގަ އެވެ. އޭނާ ވަޒީފާއިން ވަކިކުރީ ޖޫން 2019، ގަ އެވެ. އެ މައްސަލަ އަމީން ސިވިލް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ހުކުމް ކުރީ އަމީނާ އެއްކޮޅަށެވެ.

ސިވިލް އޭވިއޭޝަންގެ ފަރާތުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ. އިސްތިއުނާފުގެ މައްސަލަ ނިންމައި ހައި ކޯޓުން މިދިޔަ އާދީއްތަ ދުވަހު ކުރި ހުކުމުގައިވާ ގޮތުން އެ މައްސަލަ ކޯޓުން ބޭރުން ހައްލުކޮށްފައިވާތީ މައްސަލަ ނިމިފައިވާ ކަމަށެވެ.

ހުކުމުގައި ބުނެފައިވާ ގޮތުން، އެއްބަސްވެފައިވަނީ އަމީނަށް 2،202،580.02 ރުފިޔާގެ ބަދަލެއް ދިނުމަށެވެ. އެއީ އޭނާ ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން އެއްބަސްވުމާ ހަމައަށް ވާސިލްވި ދުވަހަށް އޭނާއަށް ދޭން ޖެހޭ މުސާރައާއި އިނާޔަތެވެ.

ސިވިލް ކޯޓުން ވެސް ހުކުމް ކުރީ އަމީން ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން މައްސަލަ ނިމުނު ދުވަހާ ހަމައަށް އޭނާއަށް ދޭން ޖެހޭ މުސާރަ އާއި އިނާޔަތްތަކުގެ އަދަދު ދިނުމަށެވެ. އަދި އޭނާގެ ވަޒީފާ އިޔާދަކުރުމަށް ނުވަތަ އެ ފެންވަރުގެ މަގާމެއްގެ އެހެން ވަޒީފާއެއް އެ ތަނުން ދިނުމަށެވެ.