Advertisement

ޝާދިޔާގެ ބަންދުގެ މުއްދަތާ ގުޅޭ މައްސަލަތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި

16 އޮކްޓޯބަރު 2024 - 16:03 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ޝާދިޔާގެ ބަންދުގެ މުއްދަތާ ގުޅޭ މައްސަލަތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި

16 އޮކްޓޯބަރު 2024 - 16:03 0

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ނަސްލުހޭދުކުރުމާ ދެކޮޅަށް ރާއްޖޭގައި ހުންނަ ބޭރުގެ އެމްބަސީތައް ކައިރީގައި އަޑުއުފުލަމުން ދަނިކޮށް ހައްޔަރުކޮށް ޖަލުގައި ބަންދުކުރި ޝާދިޔާގެ ބަންދު އަމުރުތަކުގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ޕީޖީގެ ޕަބްލިކް ޕްރޮސެކިއުޓަރު އަދި މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު "އަދަދު" އަށް ވިދާޅުވީ ހައިކޯޓުން ޕީޖީއާ ދެކޮޅަށް ނިންމި ބަންދުގެ ދެ މައްސަލަ ވެސް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް މައްސަލަ ބަލައިގަނެ އަނެއް މައްސަލަ ބަލައި ނުގަންނަން އެ ކޯޓުން ނިންމާފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުން ބަލައި ނުގަތް މައްސަލަ އަލުން ރިވިއު ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ވެސް ޝަފީއު ވިދާޅުވި އެވެ.

އެމްބަސީތައް ކައިރީގައި އަޑު އުފުލި މައްސަލާގައި ޝާދިޔާގެ އިތުރުން ޑރ. ޝަޒްރާ އިބްރާހިމް ވެސް ހައްޔަރު ކުރި އެވެ. އެ ދެ މީހުން ހައްޔަރުކުރީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، ވަކި ސަފީރަކަށް އުނދަގޫވާ ގޮތަށް އަމަލުކޮށް، ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ތުހުމަތުގަ އެވެ.

ޝާދިޔާ އާއި ޝަޒްރާ ހައްޔަރުކުރީ އޮގަސްޓު 28، ގައި ކަމަށްވާއިރު، ދެ ފަހަރެއްގެ މަތިން އެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކޮށްފައިވެ އެވެ. އެމީހުން ދޫކޮށްލީ ބަންދުކުރިތާ ނުވަ ދުވަސް ފަހުންނެވެ.

ފުރަތަމަ ބަންދުކުރަން ކްރިމިނަލް ކޯޓުން ނިންމީ ގޯސްކޮށް ކަމަށް ހައި ކޯޓުން ކަނޑައެޅީ އޮކްޓޯބަރު 8, ގަ އެވެ. އަދި ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ވެސް ގޯސް އަމުރެއް ކަމަށް ކްރިމިނަލް ކޯޓުން ނިންމީ އޮކްޓޯބަރު 13، ގަ އެވެ.