Advertisement

ކަސްޓަމްސްއަށް މާނިއު, ޕްރިޒަން ކޮމިޝަނަރަކަށް ޒަރީރު

20 ނޮވެންބަރު 2023 - 19:57 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ރައީސް މުއިއްޒުގެ ކުރިފުޅުމަތީ ކަސްޓަމްސް އޮފިސަރެއްގެ ހުވާ މާނިއު ކުރައްވަނީ. އޭނާ އެ މަގާމަށް އައްޔަނުކުރީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި. --- ފޮޓޯ: ރައީސް އޮފީސް


ކަސްޓަމްސްއަށް މާނިއު, ޕްރިޒަން ކޮމިޝަނަރަކަށް ޒަރީރު

20 ނޮވެންބަރު 2023 - 19:57 0

ކަސްޓަމްސް ކޮމިޝަނަރުގެ މަގާމަށާއި ޕްރިޒަންސް ކޮމިޝަނަރުގެ މަގާމަށް މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭފުޅުން އައްޔަނުކުރައްވައިފި އެވެ.

ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ކަސްޓަމްސްގެ ކޮމިޝަނަރަކަށް އައްޔަނުކޮށްފައި ވަނީ ގ. އަތަ، ޔޫސުފް މާނިއު މުހައްމަދު އެވެ. މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީގެ ކުރިފުޅުމަތީގައި، ކަސްޓަމްސް އޮފިސަރުންގެ ހުވައި އޭނާ ކުރެއްވި އެވެ.

މި މަގާމަށް އައްޔަނުކުރި މާނިއު ވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ރައީސްކަން ވެސް ކުރައްވާފަ އެވެ.

ޕްރިޒަން ކޮމިޝަނަރުގެ މަގާމަށް ރައީސް މުއިއްޒު އައްޔަނު ކުރެއްވީ ހަސަން ޒަރީރު އެވެ.

ޒަރީރު މަގާމުގެ ފަތްކޮޅާ ހަވާލުވަނީ --- ފޮޓޯ: ރައީސް އޮފީސް


މި މަގާމުތަކުގެ އިތުރުން ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމަށް، ޅ. ހިންނަވަރު, ބޮޑުފެންޑާގެ, ޢަބްދުﷲ ނާޒިމް އިބްރާހިމް ވަނީ މިނިސްޓަރުންގެ ފެންވަރުގައި އައްޔަނުކޮށްފަ އެވެ. އޭނާ ވަނީ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި ހެލްތު މިނިސްޓަރުގެ މަގާމު ފުރުއްވާފަ އެވެ.

ހަމައެހެންމެ ތިން ސްޓޭޓް މިނިސްޓަރަކު ވެސް ވަނީ އައްޔަނުކޮށްފަ އެވެ. ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ފަހުމީ ހަސަން އާއި ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް އިބްރާހިމް އާމިރު އަދި ރިޔާސީ ގަނޑުވަރު ކަމަށްވާ މުލީއާގޭގެ ސްޓޭޓް މިނިސްޓަރަކަށް ފާތިމަތު ޝަމްނާޒް ވަނީ އައްޔަނުކޮށްފަ އެވެ.