Advertisement

ސަޕްލިމެންޓަރީ ބަޖެޓު މަޖިލީހުން ފާސްކޮށްފި

20 ނޮވެންބަރު 2023 - 09:41 0

މިންހާ އަބްދުﷲ

މ

Advertisement

ރައްޔިތުންގެ މަޖިލިސް މެމްބަރުން، ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރީ 57 މެމްބަރުންގެ ވޯޓުން - ފޮޓޯ: މަޖިލިސް


ސަޕްލިމެންޓަރީ ބަޖެޓު މަޖިލީހުން ފާސްކޮށްފި

20 ނޮވެންބަރު 2023 - 09:41 0

Advertisement

Advertisement

މިއަހަރަށް ކަނޑައެޅި ބަޖެޓުން ދައުލަތުގެ ހަރަދުތައް ހަމަ ނުޖެއްސޭތީ ހުށަހެޅި 2023 ގެ ސަޕްލިމެންޓަރީ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމުން ބަޖެޓު ފާސްކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 57 މެމްބަރުންނެވެ. ފާސްކުރަން ބޭނުންނުވާ ކަމަށް 10 މެމްބަރުން ވޯޓު ދެއްވާފައިވެ އެވެ.

Advertisement

ސަރުކާރުން ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓުގައި ވަނީ މިއަހަރަށް ފާސްކޮށްފައިވަނީ 42.8 ބިލިއަން ރުފިޔާގެ އިތުރަށް 6 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސް ކުރުމަށެވެ. ސަރުކާރުން ވަނީ މި އަހަރު ނިމޭއިރު ބަޖެޓު ހުންނާނީ 49.3 ބިލިއަން ރުފިޔާގައި ކަމަށް އަންދާޒާ ކޮށްފަ އެވެ.

ބަޖެޓު ކޮމިޓީން ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރީ އާ ސަރުކާރުގެ ވައުދު ފުއްދުމަށްޓަކައި މީޑިޔާތަކަށް ދޭ ފައިސާގެ އިސްލާހާ އެކުގަ އެވެ.

ކޮމެޓީން ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރީ މީޑިޔާތަކަށް ދޭ ފައިސާގެ އަދަދުގެ އިސްލާހަކާ އެކުގަ އެވެ. ކޮމެޓީ މަރުހަލާގައި މި އިސްލާހު އެމްޑީޕީ މެމްބަރުން ހުށަހެޅުއްވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އެކަމަށް ފައިސާ ހަމަޖައްސައި ދެއްވުމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު އެދިވަޑައިގެންފައި ވަނިކޮށެވެ.

Advertisement

މީޑިއާތަކަށް 6.5 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ. އިސްލާހުގައި ވަނީ ބަޖެޓު ކޯޑު ނަންބަރު 1265، ހާއްސަ ބަޖެޓުގެ ތެރެއިން ރަޖިސްޓްރީ ކޮށްގެން ހިންގާ ބްރޯޑްކާސްޓިން ހިދުމަތް ދޭ ތަންތަނާއި މީޑިއާތަކަށް 6.5 މިލިއަން ރުފިޔާ ދިނުމަށެވެ.

ސަޕްލިމަންޓަރީ ބަޖެޓު ހުށަހަޅާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ކުރަމުންދާ ތުހުމަތުތަކަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ރައްދު ދެއްވާފަ އެވެ. މިނިސްޓަރު ވަނީ މި އަހަރަށް ކަނޑައެޅި ބަޖެޓު އަދި ހުސް ނުވާ ކަމަށާއި 42.8 ބިލިއަން ރުފިޔާގެ ބަޖެޓުން ހޭދަކޮށްފައި ވަނީ 40.4 ބިލިއަން ރުފިޔާ ކަމަށް ވިދާޅުވެފަ އެވެ. އެހެންކަމުން ސަޕްލިމަންޓަރީ ބަޖެޓު ހުށަހަޅާފައި ވަނީ ގާނޫނާ އެއްގޮތަށް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.