Advertisement

ފަރަންސޭސިވިލާތުގެ އަންބަރާތޫރު، ނަޕޯލިއަން ބޮނަޕާޓުގެ ތޮތްޕެއް 2.1 މިލިއަން ޑޮލަރަށް ވިއްކާލައިފި

21 ނޮވެންބަރު 2023 - 06:39 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ފުރާންސުގެ ނީލަމުގައި ވިއްކާލި ނަޕޯލިއަންގެ ތޮފި --


ފަރަންސޭސިވިލާތުގެ އަންބަރާތޫރު، ނަޕޯލިއަން ބޮނަޕާޓުގެ ތޮތްޕެއް 2.1 މިލިއަން ޑޮލަރަށް ވިއްކާލައިފި

21 ނޮވެންބަރު 2023 - 06:39 0

އަށާރަ ސަތޭކައިގެ އަހަރުތަކުގައި ފަރަންސޭސިވިލާތުގެ އަންބަރާތޫރުކަން ކުރި، ނަޕޯލިއަން ބޮނަޕާޓުގެ ތޮތްޕެއް އެ ގައުމުގެ ނީލަމުގައި 2.1 މިލިއަން ޑޮލަރަށް ވިއްކާލައިފި އެވެ.

ބީވާއެއްގެ ކެހެރިން ހަދާފައިވާ އެ ތޮފި ވިއްކާލި އަގަކީ ނަޕޯލިއަންގެ ތޮތްޕެއް މިހައިތަނަށް ވިކުނު އެންމެ ބޮޑު އަގެވެ. މީގެ ކުރިން ވެސް އެންމެ އަގުބޮޑުކޮށް ނަޕޯލިއަންގެ ތޮތްޕެއް ވިއްކާފައި ވަނީ ދެ މިލިއަން އެމެރިކާ ޑޮލަރަށެވެ.

ވިއްކާލެވޭނެ ކަމަށް ލަފާކުރި އަގަށްވުރެ ފަސްގުނަ ބޮޑުކޮށް އެ ތޮފި ގަނެފައި ވަނީ އުތުރު ކޮރެއާ މީހެކެވެ.

ދުނިޔޭގެ ތާރީހުގައި ފާހަގަ ކޮށްލެވޭ ނަޕޯލިއަންއަކީ އޭނާ ތޮފި އެޅި ގޮތުގެ ސަބަބުން ހަނގުރާމައިގެ މައިދާނުގައި ވެސް އޭރުގެ ސިފައިންނަށް ފާހަގަ ކުރަން ފަސޭހަ ބޭފުޅެކެވެ. އޭނާގެ ތޮފިތައް ހުންނީ ދެކޮޅަށް ވެސް އެޅޭ ގޮތަށް ނަމަވެސް އޭނާ ތޮފި އަޅައި އުޅުނީ އެއް އަރިއަކަށް ނުވަތަ ހުރަހަށެވެ. އޭގެ 120 އަށްވުރެ ގިނަ ތޮފި ނަޕޯލިއަން ބޭނުން ކުރިކަމަށް މުއައްރިޚުން ބުނެ އެވެ. ނަމަވެސް އޭގެތެރެއިން ގިނަ ތޮފިތައް ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ.

ފަރަންސޭސު ވިލާތުގެ ޖެނެރަލް ކަން ވެސް ކޮށްފައިވާ ނަޕޯލިއަންއަކީ ފަރަންސޭސިވިލާތުގެ ގޮނޑުދޮށާ ކައިރީގައި އޮންނަ ކޯސީކާއަށް އުފަން މީހެކެވެ. ނަޕޯލިއަން ފްރެންޗު ބަސް ދަސްކުރަން ފެށީ އުމުރުން 10 އަހަރު އެވެ. އޭގެ ކުރިން އޭނާ ވާހަކަދައްކަމުން ދިޔައީ ކޯސީކަން އަދި އިޓަލީ ބަހުންނެވެ.

ނަޕޯލިއަންއަކީ ދުނިޔެ ދުށް އެންމެ މޮޅު އެ އަސްކަރީ ކޮމާންޑަރެވެ. އޭނާގެ އަސްކަރީ އުކުޅުތަކާއި ރޭވުންތެރިކަން މިހާރުވެސް ދުނިޔޭގެ މިލިޓަރީ ސްކޫލުތަކުގައި ކިޔަވައިދިނުމަށް ބޭނުން ކުރެ އެވެ.