Advertisement

އިޒްރޭލު ޕާސްޕޯޓު މަނާވާ ގޮތަށް އިމިގްރޭޝަން ގާނޫނު ބަދަލުކުރަން ބިލެއް ހުށަހަޅައިފި

19 ނޮވެންބަރު 2023 - 15:07 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ބުދަ ދުވަހުގެ މުޒާހަރާގެ ތެރެއިން : އިޒްރޭލު ޕާސްޕޯޓު މަނާކުރާ ގޮތަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން މަޖިލީހަށް ބިލެއް ހުށަހަޅައިފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އިޒްރޭލު ޕާސްޕޯޓު މަނާވާ ގޮތަށް އިމިގްރޭޝަން ގާނޫނު ބަދަލުކުރަން ބިލެއް ހުށަހަޅައިފި

19 ނޮވެންބަރު 2023 - 15:07 1

އިޒްރޭލުގެ ޕާސްޕޯޓު މަނާކޮށް، އެ ގައުމުގެ ފަތުރުވެރިން ރާއްޖެ އައުން މަނާކުރުމަށް، އިމިގްރޭޝަން ގާނޫނަށް އިސްލާހެއް ގެންނަން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފި އެވެ.

ބިލު ހުށަހެޅުއްވިކަން ހާމަކުރައްވަން އެކްސްގައި ލިއުއްވި ލިއުއްވުމެއްގައި މެމްބަރު ވިދާޅުވީ އެ ބިލުގެ ހުށަހެޅުމުގެ ބޭނުމަކީ އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމު ކުށްވެރިކޮށް، އެ އަމަލުތައް ހުއްޓުވުމަށް ގޮވާލުމާއި، އިޒްރޭލު ފަތުރުވެރިން ރާއްޖެ އައުމުގެ ސަބަބުން އެ މީހުންނަށް މާލީ އަދި އެހެން ގޮތަކުންވެސް ވެދާނެ ފައިދާ އެއް ހުއްޓުވުން ކަމަށެވެ.

އަރަބި ގައުމުތަކުންނާއި އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ އެކި ގައުމުތަކުން އިޒްރޭލުގެ ޕާސްޕޯޓުގައި އަންނަ ފަރާތްތައް އެ ގައުމުތަކަށް އެތެރެވުން މަނާކުރުމަށް އެކި ފިޔަވަޅުތައް އަޅާފައިވުމަކީ ވެސް ބިލު ހުށަހެޅުއްވި އެއް ސަބަބު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރާއްޖޭން އެގައުމުތަކުގެ ނަމޫނާ ނަގަން ޖެހޭ ކަމަށެވެ.

މޮސްޓާ ހުށަހެޅުއްވި ބިލު ފާސްކޮށްފި ނަމަ އެ ބިލު ތަސްދީގުކުރާ ހިސާބުން، އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އަށް އެތެެވުން މަނާވާނެ އެވެ.

އިޒްރޭލުން ފަލަސްތީނުމީހުންނާ ދެކޮޅަށް ހިންގާ ގަތުލުއާއްމު ކުށްވެރިކޮށް އިޒްރޭލު ޕާސްޕޯޓް މަނާކުރަން ގޮވާލައި މިދިޔަ ހަފުތާގެ ބުދަ ދުވަހު މަޖިލިސް ކައިރިއަށް އާންމުން ވަނީ އެއްވެ މުޒާހަރާވެސް ކުުރި އެވެ. އެ މުޒާހަރާގެ ބައިވެރިން އެދުނީ މީގެ ކުރިން ހުށަހަޅާފައި އޮތް ގަރާރު އެޖެންޑާކޮށް ފާސްކުރުން އަވަސްކުރުމަށެވެ. މަޖިލިސް މެންބަރުންނާއި ރައީސް މުހައްމަދު އަސްލަމްވެސް އެ ފަރާތްތަކާ ބައްދަލުކުރެއްވި އެވެ.

ނަމަވެސް ހުކުރު ދުވަހު އޮތް ރައީސް ޑރ. މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތާ ގުޅިގެން އެ ގަރާރު ބޭއްވުމަށް އިތުރު ޖަލްސާއެއް އަދި ބޭއްވޭގޮތް ވަނީ ނުވެފަ އެވެ. މާދަމާ މަޖިލީހުގެ ޖަލްސާއެއް އޮންނާނެ އެވެ. އެ ޖަލްސާގެ ގަޑީގައި އިތުރު މުޒާހަރާއެއް ކުރުމަށް މިހާރު ދަނީ ރާވަމުންނެވެ.

މިދިޔަ އޮކްޓޫބަރު މަހު 7 ގައި ފެށި ހަނގުރާމައަށް ދޮޅު މަސް ވާން ގާތްވެފައިވާއިރު މިހައިތަނަށް އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 12،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. އޭގެތެރެއިން 5000 އަކީ ކުޑަކުދިންނެވެ.