Advertisement

އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުކަމަށް ވާދަކުރަނީ ބިގޭ, ޣަނީ އަދި ޖާބިރު

18 ނޮވެންބަރު 2023 - 19:48 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުކަމަށް ވާދަކުރަނީ ބިގޭ, ޣަނީ އަދި ޖާބިރު

18 ނޮވެންބަރު 2023 - 19:48 0

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުކަމަށް ވާދަކުރައްވާ މެމްބަރުންގެ ނަންތައް އިއުލާނުކޮށް ކެންޑިޑޭޓު ނަންބަރު ތަރުތީބުކޮށްފި އެވެ.

މި މަހުގެ 23 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީ ޕީޖީ ގްރޫޕުގެ ލީޑަރުގެ އިންތިހާބުގައި ވާދަކުރައްވަނީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އާއި ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަނީ އަބްދުލް ހަކީމް އަދި ކާށިދޫ މެމްބަރު އަބްދުﷲ ޖާބިރު އެވެ.

މި ތިން މެމްބަރުންގެ ކެންޑިޑޭޓު ނަމްބަރުތައް ދީފައިވަނީ އެ ތަރުތީބުންނެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް، މަޖިލީހުގެ ރައީސްގެ މަގާމަށް އިންތިހާބު ކުރުމުންނެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕާލިމެންޓްރީ ގްރޫޕްގެ ލީޑާޝިޕްގެ މުއްދަތަކީ ދެ އަހަރާއި ހަ މަސް ދުވަހެވެ.

ހުސްވެފައިވާ ޕީޖީ ލީޑަރުގެ މަގާމަށް މެމްބަރަކު އައްޔަންކުރަން ބާއްވީ އިންތިހާބު އޮންނާނީ ނޮވްމެބަރު 23 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 އިން ފެށިގެން ހަވީރު 16:00 އަށެވެ. ވޯޓުލުން ކުރިއަށްދާނީ އެމްޑީޕީ އޮފީހުގަ އެވެ.