Advertisement

އާ ޕޮލިސް ކޮމިޝަނަރަކަށް އަހުމަދު މުހައްމަދު އައްޔަން ކުރަން މަސައްކަތް ކުރަނީ!

18 ނޮވެންބަރު 2023 - 10:54 2

ސާއިފް ޝިޔާދު

ސ

Advertisement

އަހުމަދު މުހައްމަދު


އާ ޕޮލިސް ކޮމިޝަނަރަކަށް އަހުމަދު މުހައްމަދު އައްޔަން ކުރަން މަސައްކަތް ކުރަނީ!

18 ނޮވެންބަރު 2023 - 10:54 2

Advertisement

Advertisement

އާ ޕޮލިސް ކޮމިޝަނަރަކަށް، އެ އިދާރާއިން ވަކިކުރި އެސިސްޓަންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު (ޓޫފޯ) އަައްޔަނު ކުރަން މަސައްކަތް ކުރަމުންދާކަން އެނގިއްޖެ އެވެ.

އެ މަގާމު ހުސްވީ ކުރީގެ ކޮމިޝަނަރު މުހައްމަދު ހަމީދު ނޮވެމްބަރު 15, ގައި ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރެއްވުމުންނެވެ. މިވަގުތު ފުލުހުންގެ އިދާރާ ހިންގެވުމާ ހަވާލުވެ ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރު އަބްދުލް މަންނާން ޔޫސުފް އެވެ.

Advertisement

އާ ސަރުކާރުން ޕޮލިސް ކޮމިޝަނަރަކަށް އައްޔަން ކުރަން މަސައްކަތް ކުރާ އަހުމަދު މުހައްމަދު އަކީ ފުލުހުންގެ ބޯޑުން ނިންމި ނިންމުމަކާ ގުޅިގެން އޮކްޓޯބަރު 10, 2022 ގައި މަގާމުން ވަކިކުރި އޮފިސަރަކެވެ.

ފުލުހުންގެ ދެ އޮފިސަރުން ވަކިކޮށް، ހަތަރު އޮފިސަރަކަށް ނޯޓިސް!

މަގާމުން ވަކިކުރުމަށް މިއަދު ނޯޓިސް ފޮނުވާފައި ވަނީ އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ އާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު އަދި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމު އަށެވެ.

ފުލުހުންގެ ދެ އޮފިސަރުން ވަކިކޮށް، ހަތަރު އޮފިސަރަކަށް ނޯޓިސް!

މަގާމުން ވަކިކުރުމަށް މިއަދު ނޯޓިސް ފޮނުވާފައި ވަނީ އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ އާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު އަދި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމު އަށެވެ.

Advertisement

އެ މައްސަލަ ސިވިލް ކޯޓަށް ވެސް ހުށަހެޅި އެވެ. ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ ނެރުއްވި ހުކުމުގައިވަނީ އިސް އޮފިސަރަކު މަގާމުން ވަކިކުރެވޭނީ ތުހުމަތު ކުރެވޭ މައްސަލައަކާއި، މައްސަލައިގެ ބާވަތާއި، އެ ކަން ސާބިތުވާ ވަރަށް ހެކި އޮވެގެން ކަން ގާނޫނުގައި ބުނެފައިވާ ކަމަށާއި ޕޮލިސް ބޯޑުގެ އެފަދަ ނިންމުމެއް ފެންނާކަށް ނެތް ކަމަށެވެ.

އެެހެން ކަމުން ޕޮލިސް ބޯޑުގެ ލަފައެއް ތަންފީޒުކުރަން ކަމަށް ބުނެ އެ އޮފިސަރުން މަގާމުން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުގެ ހުކުމުގައިވެ އެވެ.

އޮފިސަރުންނާ އެއްކޮޅަށް ސިވިލް ކޯޓުން ކުރި ހުކުމް ދައުލަތުގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އިސްތިއުނާފު މަރުހަލާ ނިމެންދެން އަދި ހައި ކޯޓުން ވަކި ގޮތެއް ނިންމަންދެން ދަށު ކޯޓުގެ ހުކުމް ތަންފީޒުކުރުން މަޑުޖައްސައިލުމަށް ޖޫން 6, 2023 ގައި އޮތީ ހުކުމް ކޮށްފަ އެވެ. އޭގެ ފަހުން އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައި ނުވެ އެވެ.

ޕޮލިސް ކޮމިޝަނަރަކަށް އަހުމަދު މުހައްމަދު އައްޔަން ކުރެވޭނީ ކޯޓުގައި އޮތް މައްސަލަ ނިންމުމުންނެވެ. އޭގެ ކުރިން އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް މިހާރު އެސިސްޓެންޓު ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި ފަރުހާދު ފިކުރީ ހަމަޖައްސާނެ ކަމަށް އަދަދު ނޫހާ ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވި އެވެ.

"އެކަމާ ގުޅުން ހުރި ކަންކަން ނިންމުމަށް އިދާރާތަކާ ދަނީ ވާހަކަ ދައްކަމުން،" އޭނާ ވިދާޅުވި އެވެ.

"ކޮމިޝަނަރު އައްޔަންކުރުމުގެ ގާނޫނީ މަސައްކަތް ފަށައިފިން"

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމުގެ ގާނޫނީ މަސައްކަތް ފަށާފައިވާ ކަމަށް، ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ

"ކޮމިޝަނަރު އައްޔަންކުރުމުގެ ގާނޫނީ މަސައްކަތް ފަށައިފިން"

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމުގެ ގާނޫނީ މަސައްކަތް ފަށާފައިވާ ކަމަށް، ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ

ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގައި އޮންނަ ގޮތުން ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވެއްޖެ ހާލަތެއްގައި، ކުރިމަތިލުމަށް ހުޅުވާލަން ޖެހެ އެވެ. އަދި, ކުރިމަތިލާ ފަރާތްތައް ޕޮލިސް ބޯޑުން އިންޓަވިއުކޮށް ފެންވަރު ވަޒަން ކުރަން ޖެހެ އެވެ. އިންޓަވިއު ކުރުމަށް ފަހު، އެ ކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފައެއް އަރުވަން ޖެހެ އެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމުގެ އިހުތިޔާރު އަދިވެސް އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

Advertisement

28.57%

0.00%

71.43%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ގަހުވަ

over 1 year ago

މުައިއްޒު ގެ ނުކިޔަވާ ސީޕީ 😂

އެެނެލިސްޓް

over 1 year ago

މައްސަލަ އަނބުރާ ނަގައިގެން މިކަން ކޮށްފިނަމަ އެއީ ވަރަށް ހުތުރު ގޮތެއް. ދައުރު ބަދަލުވާއިރަށް މިހެން ދައުލަތުގެ އެކި މުއައްސަސާތަކުގެ ނިންމުންތައް ބަދަލުކުރާނަމަ އެެއްވެސް ހަމައެއް ނުހިފެހެއްޓޭނެ