Advertisement

ވެރިކަން ހަރުދަނާކުރަން ދިގު މުއްދަތުގެ މާސްޓާ ޕްލޭނެއް ރާއްޖެއަށް މުހިންމު: ފައިސަލް

16 ނޮވެންބަރު 2023 - 22:48 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ނައިބު ރައީސް ފައިސަލް ނަސީމް: އެމަނިކުފާނު ވިދާޅުވީ، ދައުލަތް ހަރުދަނާކުރުމަށާއި ހަރަދުތައް ލުއިކުރުމަށް އެންމެ މުހިންމީ ކޮންމެ ވެރިކަމުގެ ދައުރަކާ އެކު ބަދަލު ނުވާނެ ދިގު މުއްދަތަށް ބެލޭނެ މާސްޓާ ޕްލޭނެއްކަމަށް --- ފޮޓޯ: މިރާޝް/އަދަދު


ވެރިކަން ހަރުދަނާކުރަން ދިގު މުއްދަތުގެ މާސްޓާ ޕްލޭނެއް ރާއްޖެއަށް މުހިންމު: ފައިސަލް

16 ނޮވެންބަރު 2023 - 22:48 0

ވެރިކަމުގެ ނިޒާމު ހަރުދަނާ ކުރުމަށާއި، ދައުލަތުގެ ހަރަދު ކޮންޓްރޯލު ކުރުމަށް އެންމެ މުހިންމީ ދިގު މުއްދަތަށް ބެލޭނެ މާސްޓާ ޕްލޭނެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

"އެތެރެފުށް" ޕްރޮގްރާމަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ފައިސަލް ވިދާޅުވީ، ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު އާ މެނިފެސްޓޯތަކެއް ގެނެވި ގިނަ ކަންތައްތަކެއް ބަދަލުވެގެން ދިއުމަކީ ދިވެހި ދައުލަތަށް މާލީ ގޮތުން ރައްކާތެރި ގޮތް ނޫން ކަމަށެވެ.

"މިހާރު ދުނިޔޭގެ ގައުމުތަކުގަ ކަނޑައަޅާނެ 20 އަހަރު 30 އަހަރުގެ ޓާގެޓެއް. އަޅުގަނޑުމެން އެހެންވީމަ ދެ އަހަރު ކޮށްފައި ވަކި ގޮތެއް ބަދަލުކޮށް، އަނެއް ތިން އަހަރު ވީމަ އަނެއް ގޮތަކަށް ބަދަލުކުރުން، އެހެނެއް ނަހަދާނެ. ޒިންމާދާރު އެއްވެސް ބަޔަކު އެގޮތަކަށް ކަންތަކެއް ނުކުރާނެ" ދުރާލައި ރޭވިފައި އޮންނަ މާސްޓާ ޕްލޭނަކަށް އަމަލުކުރާ ބޭރު ގައުމުތަކަށް މިސާލު ޖައްސަވަމުން ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ތެރޭގައި ވެސް ބަދަލު ނުގެނެސް ވަކި ގޮތަަކަށް ބެހެއްޓުން މުހިންމު ކަންތައްތަކެއް ހުންނާނެ ކަމަށެވެ.

"މިސާލަކަށް ތައުލީމީ ނިޒާމު، އެކި ގޮތްގޮތަކަށް ބަދަލެއް ނުކުރާނެ. މިސާލަކަށް އެއްދުވަހު އެއް ދަންފަޅީގަ ނޫނީ ވަށައިޖެހޭ. އަނެއް ދުވަހު އެހެން ގޮތަކަށް ކުރިއަކަށް ނުގެންދެވޭނެ," ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ކޮންމެ ވެރިކަމަކުން މެނިފެސްޓޯތަކުގައި ތަފާތު ކަންކަން ކުރުމަށްވުރެ، ދެމެހެއްޓެނިވި ހަރުދަނާ މާސްޓާ ޕްލޭނެއްގެ ދަށުން މަސައްކަތް ކުރުން މުހިންމު ކަމަށެވެ.

ވެރިކަމުގެ ނިޒާމު ހަރުދަނާ ކުރުމަށް ކުރުން މުހިންމު ކަމެއްގެ ގޮތުގައި ފައިސަލް ދެން ފާހަގަކުރެއްވީ މަގާމުތަކުގައި ތިބޭ ގާބިލް މީހުންގެ ވަޒީފާ ދެމެހެއްޓުމެވެ.

"ސަރުކާރުގެ ސްކޯލާޝިޕްތައް މެދުވެރިކޮށް ނޫނީ އަމިއްލައަށް ވިޔަސް ކިޔަވައިގެން ތިބި ތަހޖުރިބާކާރު މީހުންނަށް މަގާމުތައް ދޭން ޖެހޭ. ދުނިޔޭގެ ގައުމުތައް ކުރިއަރާފައި އޮތީ ހިއުމަން ރިސޯސަސް ވަރުގަދަކޮށްގެން" ފައިސަލް ވިދާޅުވި އެވެ.