16 ނޮވެންބަރު 2023 - 17:07 1
އާމިނަތު ނިއުޝާ
ސިފައިންގެ މީހަކާއި ފުލުހަކި މަގުމަތީގައި ފޯރިމަރަނީ: ސިފައިންނާއި ފުލުހުންނަކީ މިހާރު ވެސް މުސާރަ ހަރަދު އެންމެ ބޮޑު ދެ މުއައްސަސާ -- ފޮޓޯ/އަދަދު ފައިލް
16 ނޮވެންބަރު 2023 - 17:07 1
ޖެނުއަރީ މަހުން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރަން ނިންމައި އާ އޮނިގަނޑު އެ އިދާރާތަކަށް ފޮނުވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަންނަ ޖެނުއަރީ މަހުން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ.
މި ސަރުކާރުގެ ޕޭ ހާމަނައިޒޭޝަން މަސައްކަތުގެ ތެރެއިން ފުލުހުން އަދި ސިފައިންގެ މުސާރަ ބޮޑުކުރުމަކީ ރައީސް ސޯލިހުގެ ވައުދެކެވެ. އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ފުލުހުން އަދި ސިފައިންގެ މުސާރަ ބޮޑު ކުރައްވާނެކަން އިއުލާންކުރައްވާފަ އެވެ.
ރައީސް ސޯލިހު މީގެކުރިން ވިދާޅުވީ، މުސާރައަށް ގެންނަ ބަދަލާއެކު އެވްރެޖުކޮށް ކޮންމެ މީހެއްގެ މުސާރައިން 40 ޕަސެންޓު އިތުރުވެގެންދާނެ ކަމަށެވެ. އެގޮތުން މުސާރަ ބޮޑުވާނެ މިންވަރުގެ މިސާލުތަކެއް ރައީސް ދެއްކެވި އެވެ. އެއީ;
ސިފައިންނާއި ފުލުހުންނަކީ ސަރުކާރުގެ މުއައްސަސާތަކުގެ ތެރެއިން މިހާރު ވެސް މުސާރަ ހަރަދު އެންމެ ބޮޑު ދެ މުއައްސަސާ އެވެ.
އެގޮތުން މި އަހަރުގެ ބަޖެޓުގައިވާ ގޮތުގައި މިދިޔަ އަހަރު ފުލުހުންނަށް މުސާރަ ދިނުމަށް 440 މިލިއަން ރުފިޔާ ހަރަދުވީ އިރު، މި އަހަރު 510 މިލިއަން ރުފިޔާ ހަރަދު ވާނެ އެވެ. އަދި ސިފައިންގެ މުސާރަތަކަށް މިދިޔަ އަހަރު 357 މިލިއަން ރުފިޔާ ހަރަދުވީ އިރު، މި އަހަރު 370 މިލިއަން ރުފިޔާ ހަރަދު ވާނެ އެވެ.
އެހެންކަމުން މި އަހަރުގެ ތެރޭގައި ފުލުހުންނާއި ސިފައިންނަށް މުސާރަ ދިނުމަށް އެކަނި ވެސް 881 މިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފަ އެވެ.
މީގެ ތެރެއަށް ޕެންޝަނަށް ހިނގާ ހަރަދު އެއްކުރުމުން 940 މިލިއަން ރުފިޔާ އަރަ އެވެ. އަދި އެކިއެކި އިނާޔަތްތައް ދިނުމަށް ހަރަދުވާ 1.2 ބިލިއަން ރުފިޔާއާ އެކި ފުލުހުންނާއި ސިފައިންނަށް މުސާރަ އާއި އިނާޔަތްތައް ދިނުމަށް މިހާރު ވެސް ދައުލަތުގެ ބަޖެޓުން 2.2 ބިލިއަން ރުފިޔާ ހަރަދު ވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment