Advertisement

މީޑިޔާތަކަށް ދޭ ފައިސާގެ އިސްލާހާއެކު ސަޕްލިމަންޓަރީ ބަޖެޓު ކޮމެޓީން ފާސްކޮށްފި

16 ނޮވެންބަރު 2023 - 13:57 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

ބަޖެޓު ކޮމެޓީގެ ބައްދަލުވުމުއްގެ ތެރެއިން - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


މީޑިޔާތަކަށް ދޭ ފައިސާގެ އިސްލާހާއެކު ސަޕްލިމަންޓަރީ ބަޖެޓު ކޮމެޓީން ފާސްކޮށްފި

16 ނޮވެންބަރު 2023 - 13:57 0

މިއަހަރަށް ކަނޑައެޅި ބަޖެޓުން ދައުލަތުގެ ހަރަދުތައް ހަމަ ނުޖެއްސޭތީ ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓްކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ކޮމިޓީން ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރީ އާ ސަރުކާރުގެ ވައުދު ފުއްދުމަށް ޓަކައި މީޑިޔާތަކަށް ދޭ ފައިސާގެ އިސްލާހާ އެކުގަ އެވެ.

ސަޕްލިމަންޓަރީ ބަޖެޓު ކޮމިޓީން ފާސްކުރަން ނެގި ވޯޓުގައި ޑިމޮކްރެޓްސް ޕާޓީ ފިޔަވައި އެހެން ޕާޓީތަކުގެ މެމްބަރުން ވޯޓު ދެއްވީ ފާސްކުރުމާ އެއްކޮޅަށެވެ. އެއީ 16 މެމްބަރެކެވެ. ވޯޓު ނުދެއްވީ ދަ ޑިމޮރެޓްްސްގެ ތިން މެމްބަރުންނެވެ.

ސަރުކާރުން ހުށަހެޅި ސަޕްލިމަންޓަރީ ބަޖެޓުގައި ވަނީ މިއަހަރަށް ފާސްކޮށްފައިވަނީ 42.8 ބިލިއަން ރުފިޔާގެ އިތުރަށް 6 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސް ކުރުމަށެވެ. ސަރުކާރުން ވަނީ މި އަހަރު ނިމޭއިރު ބަޖެޓު ހުންނާނީ 49.3 ބިލިއަން ރުފިޔާގައި ކަމަށް އަންދާޒާ ކޮށްފަ އެވެ.

ކޮމެޓީން ސަޕްލިމަންޓަރީ ބަޖެޓު ފާސްކުރީ މީޑިޔާތަކަށް ދޭ ފައިސާގެ އަދަދުގެ އިސްލާހަކާ އެކުގަ އެވެ. ކޮމެޓީ މަރުހަލާގައި މި އިސްލާހު އެމްޑީޕީ މެމްބަރުން ހުށަހެޅުއްވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އެކަމަށް ފައިސާ ހަމަޖައްސައި ދެއްވުމަސް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު އެދިވަޑައިގެންފައި ވަނިކޮށެވެ.

މީޑިޔާތަކަށް 6.5 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ. އިސްލާހުގައި ވަނީ ބަޖެޓު ކޯޑު ނަންބަރު 1265، ހާއްސަ ބަޖެޓުގެ ތެރެއިން ރަޖިސްޓްރީ ކޮށްގެން ހިންގާ ބްރޯޑްކާސްޓިން ހިދުމަތް ދޭ ތަންތަނާއި މީޑިއާތަކަށް 6.5 މިލިއަން ރުފިޔާ ދިނުމަށެވެ.

ސަޕްލިމަންޓަރީ ބަޖެޓު ހުށަހަޅާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ކުރަމުންދާ ތުހުމަތުތަކަށް މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ރައްދު ދެއްވާފަ އެވެ. މިނިސްޓަރު ވަނީ މި އަހަރަށް ކަނޑައެޅި ބަޖެޓު އަދި ހުސް ނުވާ ކަމަށާއި 42.8 ބިލިއަން ރުފިޔާގެ ބަޖެޓުން ހޭދަކޮށްފައި ވަނީ 40.4 ބިލިއަން ރުފިޔާ ކަމަށް ވިދާޅުވެފަ އެވެ. އެހެންކަމުން ސަޕްލިމަންޓަރީ ބަޖެޓު ހުށަހަޅާފައި ވަނީ ގާނޫނާ އެއްގޮތަށް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.