Advertisement

އިންތިހާބީ ރައީސް ހުވާ ކުރައްވާ ޖަލްސާއަށް ބައެއް ބަސް ރޫޓުތަކުގެ ދަތުރުތައް މެދުކަނޑާލަނީ

16 ނޮވެންބަރު 2023 - 13:20 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

މާލޭގެ މަގެއްގައި މިނީ ބަހެއް ދުއްވާފައި ދަނީ. ތިން ރޫޓަކުން މި ބަސްތައް ދަތުރުކުރެވޭ. -- ފޮޓޯ: އިޔާން/އަދަދު


އިންތިހާބީ ރައީސް ހުވާ ކުރައްވާ ޖަލްސާއަށް ބައެއް ބަސް ރޫޓުތަކުގެ ދަތުރުތައް މެދުކަނޑާލަނީ

16 ނޮވެންބަރު 2023 - 13:20 0

މާދަމާ އޮންނަ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރައްވާ ޖަލްސާއާ ގުޅިގެން މާލޭގެ އޯކިޑް އަދި ސޯސަން ރޫޓުން ދަތުރުކުރާ މިނީ ބަހުގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އިންތިހާބީ ރައީސް މުއިއްޒު އާއި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު މަގާމުގެ ހުވާ ކުރައްވާ ރަސްމިއްޔާތު އޮންނާނީ މާދަމާ ހަވީރު ޖުމްހޫރީ މައިދާނުގަ އެވެ.

އެމްޓީސީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މިއަދު ހަވީރު 16:00 އިން ފެށިގެން ނޮވެމްބަރު 18، ވަނަ ދުވަހުގެ 15:00 ގެ ނިޔަލަށް މާލޭގެ ބައެއް މަގުތައް ބަންދުކުރުމަށް ނިންމައިފައިވުމާއި ގުޅިގެން އެ މަގުތަކުން މިނީ ބަސް ދަތުރުނުކުރާނެ ކަމަށެވެ.

އެގޮތުން އެ މަގުތަކުން ދަތުރުކުރާ އޯކިޑް އަދި ސޯސަން ރޫޓު ބަހުގެ ހިދުމަތް އެ މުއްދަތުގެ ނިޔަލަށް މެދުކަނޑާލުމަށް ނިންމާފައިވާކަމަށް އެމްޓީސީސީން މައުލޫމާތުދެ އެވެ.

މި ހިދުމަތާއި ގުޅޭ އިތުރު މައުލޫމާތު އެމްޓީސީސީގެ ހޮޓްލައިން 1650 އަށް ގުޅައިގެން ލިބޭނެ އެވެ.

މާލޭގެ ތިން ރޫޓަކުން މިނީ ބަސް ދަތުރުކުރެ އެވެ. ސޯސަން މަގުގެ ރޫޓް އިން އަށް ތަނަކަށް ބަސް މަޑުކުރެ އެވެ. އަދި, އަމީނީ މަގާއި އޯކިޑް މަގުގެ ރޫޓްގައި 18 ތަނަކަށް ބަސް މަޑު ކުރެ އެވެ.