Advertisement

މާލެ އަތޮޅުގައި އާ ރަށެއް، ނަމަކީ "ކައްސަންފުށި"

15 ނޮވެންބަރު 2023 - 21:45 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ޖޯއީ އައިލެންޑް ރިސޯޓު ތަރައްގީކުރުމަށް ކައްސަންފަރު ފަޅު ހިއްކައިގެން ހެދި ރަށް، މި ރަށުގެ ނަމަކީ ކައްސަންފުށި---


މާލެ އަތޮޅުގައި އާ ރަށެއް، ނަމަކީ "ކައްސަންފުށި"

15 ނޮވެންބަރު 2023 - 21:45 0

މާލެ އަތޮޅު ފަޅެއް ހިއްކައިގެން ހަދާފައިވާ ރަށަކަށް ޖިއޮގްރަފިކް ނަންތަކާއި ބެހޭ ކޮމިޓީން ނަމެއް ފާސް ކޮށްފި އެވެ.

އެ ރަށަކީ ކ. ދިއްފުށީގެ ހުޅަނގު އުތުރުން އޮންނަ ކައްސަންފަރު ފަޅުތެރެއިން ހިއްކައިގެން ރިސޯޓެއް ތަރައްގީކުރަން ހަދަފާއިވާ ރަށެކެވެ.

ޖިއޮގްރަފިކް ނަންތަކާއި ބެހޭ ކޮމިޓީން އެ ރަށަށް ކިޔަން ފާސްކުރީ "ކައްސަންފުށި" އެވެ. އެ ރަށުގެ ނަން ފާސްކުރީ އެ ކޮމިޓީގެ ނުވަ ވަނަ ބައްދަލުވުމުގަ އެވެ. ރަށުގެ ފީޗާ ކޯޑަކީ LD1762 އެވެ.

ކައްސަންފުށި ނަމުން ނަންދީފައިވާ އެ ރަށަކީ ދަ ކޮކޫން ކަލެކްޝަން އިން ރާއްޖޭގައި ތަރައްގީކުރި ތިން ވަނަ ރިސޯޓު "ޖޯއީ އައިލެންޑް" ހިންގަމުން އަންނަ ރަށެވެ. އެ ރަށް ހިއްކާފައިވަނީ ކޮކާލެއްގެ ބައްޓަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލޯންޗެއްގައި ފުރައިގެން ގާތްގަނޑަކަށް 40 ވަރަކަށް މިނެޓުން ދެވޭ ހިސާބުގައި އޮންނަ މި ރިސޯޓު މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ހުޅުވާފަ އެވެ.

ފަސްތަރީގެ މި ރިސޯޓުގައި އިރުއަރާ އަދި އިރުއޮއްސޭ މަންޒަރު ފެންނަ 151 ވިލާ ހުރެއެވެ. އޭގެ ތެރޭގައި ބީޗް ވިލާ އާއި ވޯޓާ ވިލާ ހިމެނޭ އިރު އޯވާ ވޯޓާ ޑްރީމް ސްޕާ އަކާއި ޕަޑީ ޑައިވިން ސެންޓަރަކާއި، ވޯޓާ ސްޕޯޓްސް ސެންޓަރެއްގެ އިތުރުން ކިޑްސް ކްލަބެއްވެސް ހުންނާނެ އެވެ. ތިން ރެސްޓޯރެންޓާއި ތަފާތު ޑިޒައިންތަކުގެ އައުޓްލެޓްތައް ހުންނައިރު ރިސޯޓުގެ މައި ރެސްޓޯރަންޓް ޑިޒައިން ކޮށްފައިވަނީ ދުނިޔޭގެ އެކި ގައުމުތަކުގެ ސްޓްރީޓް ފުޑްގެ ރަހަތައް ދައްކާލާ މާކެޓެއް ގޮތަށެވެ.