Advertisement

ކްރޮސް ސަބްސިޑީގެ އުސޫލުން އެފްއޭއެމް ހޯލްޑިންގްސްއަށް އިތުރު ރަށެއް ދެނީ

15 ނޮވެންބަރު 2023 - 13:23 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ކްރޮސް ސަބްސިޑީގެ ދަށުން އެފްއޭއެމް ހޯލްޑިންގްސް އަށް ދޭން ނިންމާފައިވާ މުނިޔަފުށި-----


ކްރޮސް ސަބްސިޑީގެ އުސޫލުން އެފްއޭއެމް ހޯލްޑިންގްސްއަށް އިތުރު ރަށެއް ދެނީ

15 ނޮވެންބަރު 2023 - 13:23 0

ކްރޮސް ސަބްސިޑީގެ ދަށުން ދުބާއީގެ އެފްއޭއެމް ހޯލްޑިންގްސް އަށް ރިސޯޓެއް ތަރައްގީކުރަން އިތުރު ރަށެއް ދޭން ސަރުކާރުން ނިންމައިފި އެވެ.

އެފްއޭއެމް ހޯލްޑިންގްސް އަށް ރަށެއް ދޭން ނިންމާފައިވަނީ ރާއްޖޭގައި އެއާޕޯޓެއް ތަރައްގީކުރުން ބޭނުންވާ ފައިނޭންސިން ދޭ ގޮތަށެވެ. މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީ އާއެކު އެ ކުންފުނިން ސަޮއިކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އެއީ ކޮން އެއާޕޯޓެއް ކަމެއް އަދި ނޭނގެ އެވެ. އަދި އެ މަޝްރޫއަށް އެފްއޭއެމް ހޯލްޑިންގްސް އިން އިންވެސްޓު ކުރަނީ ކިހާ ފައިސާއެއް ކަމެއް ވެސް ނޭނގެ އެވެ.

ނަމަވެސް, އެ އެއާޕޯޓު ތަރައްގީކުރުން އެ ކުންފުނިން ފައިނޭންސްކުރާ މަތިން ލ. އަތޮޅު މުނިއަފުށި އެ ކުންފުންޏަށް ދޭން ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ.

ކްރޮސް ސަބްސިޑީއަށް ރަށެއް ދެވޭނީ މަޝްރޫއު ނިމުމުން ނޫނީ ހަމައެކަނި އިންވެސްޓަރެއްގެ ގޮތުގައި ނަމަ އެ މަޝްރޫއަށް ހަރަދުވާނެ ފައިސާ އެއްކޮށް ދެއްކުމުންނެވެ. އަދި މަޝްރޫއު ކުރިޔަށް ނުގެންދިޔުމާ ގުޅިގެން އެ އެއްބަސްވުން ބާތިލުވާ ހާލަތުގައި، ކުއްޔަށް ދެވޭ ތަނާ ގުޅޭ އެއްބަސްވުން ވެސް ބާތިލުވާނެ އެވެ.

ޑޮމެސްޓިކް އެއާޕޯޓު ތަރައްގީކުރަން އިންވެސްޓުކުރާ ޕްރައިވެޓް އިންވެސްޓަރުންނަށް ރިސޯޓު ހަދަން ރަށެއް ލިބޭނީ މަދުވެގެން ތިން މިލިއަން ޑޮލަރު އިންވެސްޓު ކުރުމުންނެވެ.

އެފްއޭއެމް ހޯލްޑިންގްސް އަކީ ލ. ފޮނަގާދޫގައި ތަރައްގީކުރާ އަލްޓްރާ ލަގްޒަރީ ރިސޯޓު، "އަލް މަހްރާ މޯލްޑިވްސް" އަށް ފައިނޭންސްކުރާ ކުންފުންޏެވެ. އެ ރަށް ވެސް އެ ކުންފުންޏަށް ދީފައިވަނީ ކްރޮސް ސަބްސިޑީގެ ގޮތުގަ އެވެ. އެ މަޝްރޫއަށް އެފްއޭއެމް ހޯލްޑިންގްސް އިން 4.1 ބިލިއަން ރުފިޔާ (272 މިލިއަން ޑޮލަރު)ގެ ބޮޑު އިންވެސްޓްމެންޓެއް ކުރަން ވަނީ އެއްބަސްވެފަ އެވެ.