Advertisement

މަރުހޫމް އަހުމަދު މުޖުތަބާގެ ނަމުން ފިނޭންސް މިނިސްޓްރީގެ ފުރަތަމަ ފަންގިފިލާއަށް ނަން ދީފި

14 ނޮވެންބަރު 2023 - 17:55 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މަރުހޫމް އަހުމަދު މުޖުތަބާގެ ނަމުން ފިނޭންސް މިނިސްޓަރީގެ ފުރަތަމަ ފަންގިފިލާއަށް ނަން ބޯޑް ހަރުކޮށްފައި. -- ފޮޓޯ: ފިނޭންސް މިނިސްޓްރީ


މަރުހޫމް އަހުމަދު މުޖުތަބާގެ ނަމުން ފިނޭންސް މިނިސްޓްރީގެ ފުރަތަމަ ފަންގިފިލާއަށް ނަން ދީފި

14 ނޮވެންބަރު 2023 - 17:55 0

ފިނޭންސް މިނިސްްޓްރީގެ ޗީފް ޕްރޮކިއުމަންޓް އެގްޒެކްޓިވްގެ މަގާމު ފުރުއްވަމުން ގެންދަވަނިކޮށް ކުއްލި ގޮތަކަށް އަވަހާރަވި، މަރުހޫމް އަހުމަދު މުޖުތަބާގެ ހަނދާނުގައި ފިނޭންސް މިނިސްޓަރީގެ ފުރަތަމަ ފަންގިފިލާއަށް "މުޖުތަބާ ފްލޯ" ނަމުން، ނަން ދީފި އެވެ.

ފިނޭންސް މިނިސްޓަރީގެ ރަސްމީ އެކައުންޓުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ މަރުހޫމް އަހުމަދު މުޖުތަބާގެ ނަމުން އެ މިނިސްޓަރީގެ ފުރަތަމަ ފަންގިފިލާއަށް ނަން ދީފައި ވަނީ މުޖުތަބާ ކޮށްދެއްވި ނަމޫނާ މަސައްކަތާއި ދޫކުރެއްވި އަގުހުރި ތަރިކައިގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.

މުޖުތަބާ އަވަހާރަވީ މިދިޔަ އަހަރު ޖުލައި 29 ގައި އޭނާގެ އުފަން ރަށުގައި ހުންނަވަނިކޮށް ބަނޑަށް ކުއްލި ތަދެއް އަރައިގެން މާލެ ގެނައިފަހުންނެވެ. އޭރު އޭނާގެ އުމުރަކީ 39 އަހަރެވެ.

މުޖުތަބާ ފިނޭންސް މިނިސްޓަރީގެ ވަޒީފާއާ ގުޅިވަޑައިގެންނެވީ 2008 ވަނަ އަހަރު އެވެ. އޭނާ ވަނީ އެ މިނިސްޓަރީގެ ނެޝަނަލް ޓެންޑާ ބޯޑު ހިންގެވުމާއި އެމްޓީސީސީގެ ބޯޑު މެންބަރު ކަން ވެސް ކުރައްވައިފަ އެވެ.

އޭގެއިތުރުން މުޖުތަބާއަކީ ޓެންޑަރާއި ކޮންޓުރެކްޓުގެ ދާއިރާގައި ކޮންޓުރެކްޓަރުންނަށް ދިމާވަމުންދިޔަ މައްސަލަތައް ހައްލުކޮށްދެއްވައި ކޮންސްޓުރަކްޝަން ސިނާއަތުގައި ހަމަހަމަ އުސޫލުތަކެއް ގާއިމުކޮށްދިނުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

މުޖުތަބާ އަކީ ވިލާ ފައުންޑޭޝަނުން 2008 ވަނަ އަހަރު ޑިގުރީ ހާސިލް ކުރެއްވުމަށްފަހު އެކައުންޓިން ދާއިރާއިން މެލޭޝިއާގެ މަލްޓިމީޑިއާ ޔުނިވަސިޓީން ވެސް ޑިގުރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.