Advertisement

އަނަސް މަރަައިލުމުގައި ބައިވެރިވިކަން ސާބިތުވި ކުއްޖާގެ އަދަބު ލުއިކޮށްދީފި

14 ނޮވެންބަރު 2023 - 14:56 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

އަނަސް މަރާލާފައިވަނީ 2017 ވަނަ އަހަރު


އަނަސް މަރަައިލުމުގައި ބައިވެރިވިކަން ސާބިތުވި ކުއްޖާގެ އަދަބު ލުއިކޮށްދީފި

14 ނޮވެންބަރު 2023 - 14:56 0

ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ހުކުމްކޮށްފައިވާ ކުޑަކުއްޖާގެ އަދަބު ލުއިކޮށްދީފި އެވެ.

2017 ވަނަ އަހަރުގެ ޖުލައި 31 ގައި ހިނގި އެ ހާދިސާއާ ގުޅިގެން އަަނަސް މަރާލުމުގެ ދައުވާ ކުޑަކުއްޖެއްގެ މައްޗަށް އުފުލައި، ހަތް މީހެއްގެ މައްޗަށް ވަނީ މަރާލުމާއި އެ މާރާމާރީގައި ބައިވެރިވުމުގެ ދައުވާ އުފުލައިފަ އެވެ. އޭނާގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ.

"އަދަދު" ނޫހަށް މައުލޫމާތު ދެމުން ކަރެކްޝަންސްއިން ބުނީ 18 އަހަރުގެ ހުކުމް 10 އަހަރަށް ކުޑަކޮށްފައިވާކަމަށެވެ. ރައީސަށް ލިބިދީފައިވާ ބާރުގެ ދަށުން އަދަބު ލުއިކޮށްދީފައިވަނީ މިދިޔަ މަހުގެ ތެރޭގައިކަމަށް ކަރެކްޝަންސްއިން ބުނެއެވެ.

މާސްކު އަޅައިގެން ތިބި ގްރޫޕަކުން އަނަސް ފަހާ ދުވެ، އޭނާ ލިޓަސް ސާވިސް ސެންޓަރަށް ވަނުމާއެކު، ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރާތަނުގެ ވީޑިއޯއެއް އާންމުވި އެވެ. ހަމަލާ ދިން މީހުންގެ މޫނު ފާހަގަވާން ނެތް އިރު، ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ހެކިބަސް ދިން މީހުނަށް ވެސް މޫނު ފާހަގަކޮށްދެވިފައެއް ނުވެ އެވެ.

އަނަސް މަރާލުމުގެ ދައުވާ އުފުލާފައިވާ ކުޑަކުއްޖާގެ މައްސަލަ ގެންދިޔައީ ޖުވެނައިލް ކޯޓުގަ އެވެ. ޖުވެނައިލް ކޯޓުން އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމި ނަމަވެސް ހައި ކޯޓުން މައްސަލަ ބެލުމަށް ފަހު އެ ކުއްޖާގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމެއް އިއްވީ އޮކްޓޯބަރު، 2022، ގަ އެވެ.