Advertisement

ދެބުރިވި ދޯނި މަރާމާތުކުރަން ހަތަރު މިލިއަން ހޭދަވާނެ

12 ނޮވެންބަރު 2023 - 17:22 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ގެމަނަފުށީ އޯކިޑު 707: ބިންދައިގެން ދިޔައިރު އެ ދޯނި އޮތީ ފުވައްމުލަކު ސިޓީއާ ދިމާ 20 މޭލު ބޭރުގައި -- ފޮޓޯ: އެމްއެންޑީއެފް


ދެބުރިވި ދޯނި މަރާމާތުކުރަން ހަތަރު މިލިއަން ހޭދަވާނެ

12 ނޮވެންބަރު 2023 - 17:22 0

މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް ބިންދައިގެން ދިޔަ ގއ. ގެމަނަފުށީ އޯކިޑު707 ކުރިން އޮތް ގޮތަށް އިޔާދަކުރާނަމަ 3-4 މިލިއަން ހޭދަވާނެ ކަމަށް އޮޑިވެރިޔާ ބުނެފި އެވެ.

ބިންދައިގެން ދިޔަ ދޯންޏަކީ ގެމަނަފުށީ އޯކިޑުމާގޭ ދޯންޏެކެވެ. އޯކިޑުމާގެ އާއިލާގެ މީހަކު "އަދަދު" އަށް ބުނީ އޯކިޑު707 ބިންދައިގެން ދިޔައިރު އޭގައި 23 ފަޅުވެރިން ތިބި ކަމަށެވެ. އަދި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ ދޯނި ކުރިން އޮތް ގޮތަށް އިޔާދަކުރުމަށް 3-4 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށެވެ.

އޯކިޑު707 ބިންދައިގެން ގޮސްފައި ވަނީ މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން ކަމަށް ވެއެވެ. އެ ދޯނީގެ ގެބައި އަދި ފަހަތްކޮޅު މުޅިން ވަކިވެފައިވާއިރު، އެމްއެންޑީއެފް އަދި މަހަށް ނިކުމެ އުޅުނު އިތުރު ދެ ދޯންޏަކުން އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.

ދޯނި ބިންދައިގެން ދިޔަކަން އޮޑިވެރިންނަށް އަންގާފައި ވަނީ އިއްޔެ 10:40 ހާއިރު އެވެ. ރޭންޖު ނުލިބޭ ސަރަހައްދުގައި އޮތް އޯކިޑު707 އިން ކަމާބެހޭ ފަރާތްތަކާ މުއާމަލާތުކޮށްފައި ވަނީ ސެޓުލައިޓު ފޯނު ބޭނުންކޮށްގެންނެވެ. އެ ދޯނި އޮތް ސަރަހައްދަށް ދަތުރުކުރުމަށް ވެސް ދެގަޑިއެއްހާއިރު ނަގާނެ ކަމަށް އެވަގުތު މައުލޫމާތު ދިނެވެ.

އޯކިޑު 707 އަކީ 111 ފޫޓުގެ ދޯންޏެކެވެ. ގާތްގަނޑަކަށް 35 މީހުންގެ ޖާގައިގެ އެ ދޯނި މަސްވެރިކަމަށް ދުއްވަން ފެށިތާ ހަ އަހަރު ފުރިފައިވެ އެވެ.