12 ނޮވެންބަރު 2023 - 10:03 0
ސާއިފް ޝިޔާދު
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން. އޭނާގެ މި ހުށަހެޅުމަށް ހުރިހާ މެމްބަރުން ވެސް ތާއީދު ކުރެއްވި.
12 ނޮވެންބަރު 2023 - 10:03 0
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދިޔުމުގެ ފުރުސަތު ނުދީ އެމަނިކުފާނުގެ ދަ ޑިމޮކްރެޓްސްއިން ހުއްޓުވާފައިވާތީ ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީއަށް ހުށަހެޅި މައްސަލާގައި ބަންޑާރަ ނައިބުގެ ލަފާ ހޯދުމަށް އެ ކޮމިޓީން ނިންމައިފި އެވެ.
މިއަދު މެންދުރުފަހު ބޭއްވި ކޮމިޓީ ބައްދަލުވުމަށް އެކަން ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. އޭނާ ވިދާޅުވި ގޮތުގައި ގައުމަށް ދިމާވެފައިވާ އެންމެ މުހިންމު އެއް މައްސަލައަކީ އެކަމާ މެދު ގޮތެއް ނިންމުމެވެ. އެއީ މަޖިލީހުގެ މަސައްކަތްތައް ވެސް އެކަމާ ގުޅިގެން ހުއްޓިފައިވާތީ ކަމަށް ބިގޭ ވިދާޅުވި އެވެ.
މި ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ދަ ޑިމޮކްރެޓްސްގެ މެމްބަރު އިލްޔާސް ލަބީބު ވަނީ އަމީންއާންމާއި ކައުންސިލަރު ޖެނެރަލަށް މަޖިލިސް ހިންގުމުގައި ލަފާ ދިނުމުގެ ބާރު ކޮމިޓީއަށް ނުލިބޭ ކަމަށް ވިދާޅުވެފަ އެވެ.
އެކަމާ ގުޅިގެން ވާހަކަ ދައްކަވަމުން އެ ކޮމިޓީގެ ނައިބު މުގައްރިރު ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވަނީ އެއީ ކައުންސިލަރު ޖެނެރަލާއި އަމީންއާންމަށް އޭޖީ މެދުވެރިކޮށް އަރުވާނެ ލަފައެއް ކަމަށް ވިދާޅުވެފަ އެވެ.
މި ބައްދަލުވުމުގައި ބައިވެރިވި ހަތް މެމްބަރުންގެ އަގުލަބިއްޔަތުން އެ ހުށަހެޅުން ވަނީ ފާސްކޮށްފަ އެވެ. އެހެންކަމުން, އާންމު ކޮމިޓީން އޭޖީގެ ލަފަޔަކަށް މިކަމުގައި އެދޭނެ އެވެ. އަދި, އެ ލަފާ އަމީންއާންމާއި ކައުންސިލަރު ޖެނެރަލަށް އަރުވާނެ އެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު އޮތް ދެ ޖަލްސާއަށް ވެސް އެޖެންޑާ ކުރި އެވެ. ފުރަތަމަ ބޭއްވި ޖަލްސާގެ ރިޔާސަތުގައި، ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު އިންނެވިއިރު، ނަޝީދު ވަކިކުރުމުގެ މައްސަލަ ކުރިޔަށް ގެންދިޔަ ނުދިނުމަށްޓަކައި އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ނިޒާމީ މައްސަލައެއްގެ ގޮތުގައި ނެގީ ހުށަހަޅާފައި ވަނީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ހުށަހަޅާފައިވާ ގަރާރެއް ނޫން ކަމަށެވެ. ނިޒާމީ އޮއިވަރެއްގެ ތެރެއަށް މަޖިލީހުގެ ތަޅުން ދޫކޮށްލުމަށް ފަހު އަފީފު ނިންމެވީ، ޑެމޮކްރެޓުން ބޭނުންވި ގޮތަށް އެ ގަރާރު މަޖިލީހުގެ ގަވާއިދާ ހިލާފު ކަމަށެވެ. އެހެންވެ، ނަޝީދު ވަކިކުރުން އަލުން ހުށަހަޅަން އެންގި އެވެ.
އަފީފުގެ އެ ނިންމުން މަޖިލީހުގެ އަމީން އާންމު ގަބޫލު ނުކުރައްވައި، 11:30 އަށް ވެސް ޖަލްސާ އެޖެންޑާކުރި އެވެ. އެ ޖަލްސާގެ ރިޔާސަތު ބެލެހެއްްޓެވި އެހެން ބޭފުޅަކަށް ފުރުސަތު ނުދިނުމަށްޓަކައި ސަލާމުގައި ހުންނެވި ނަމަވެސް މަޖިލީހުގެ ނައިބު ރައީސް ވަޑައިގެން ނިންމެވީ އަފީފުގެ ނިންމެވުން ރަނގަޅު ކަމަށެވެ.
ނަމަވެސް, އެ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ގަބޫލު ކުރައްވަނީ އީވާ އާއި އަފީފުގެ ނިންމެވުން ގޯސް ކަމަށެވެ.
0.00%
100.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment