Advertisement

އިންޑިއާ އާއެކު ގާތް ގުޅުމެއް ނުބާއްވައި ރާއްޖެ ކުރިއަރައި ނުދާނެ: ނަޝީދު

Advertisement

ރައީސް މުހައްމަދު ނަޝީދު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު : ނަޝީދު ވިދާޅުވީ އިންޑިއާ އާއެކު ގާތް ގުޅުމެއް ނެތި ރާއްޖެ ކުރިއަރާ ނުދާނެ ކަމަށް ---


އިންޑިއާ އާއެކު ގާތް ގުޅުމެއް ނުބާއްވައި ރާއްޖެ ކުރިއަރައި ނުދާނެ: ނަޝީދު

Advertisement

Advertisement

އަވަށްޓެރި އިންޑިއާ އާއެކު ގާތް ގުޅުމެއް ނެތި ރާއްޖެ ކުރިއަރާ ނުދާނެ ކަމަށް އެ ގައުމާއެކު ވަރުގަދަ ގުޅުމެއް ބާއްވަވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނުގެ މިހާރު އަދާކުރައްވާ ކްލައިމެޓް ވަލްނަރަބިލިޓީ ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރެއްގެ ތެރެއިން އެ ގައުމުގެ ނޫހަކާ ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަންވެސް ބަރޯސާވަނީ އިންޑިއާއަށް ކަމަށެވެ.

Advertisement

"ރާއްޖޭގެ ރައްކާތެރިކަމާއި ސަލާމަތް އަދި ކުރިއެރުން ބިނާވަނީ އިންޑިއާއާއެކު ބާއްވާ ގުޅުމުގެ މައްޗަށް. އަޅުގަނޑުމެން މާޒީއަށް ބަލައިލާނަމަ ފެނިގެންދަނީ ރާއްޖޭގެ ސަރުކާރުތައް ބަދަލުވުމާއެކު އިންޑިއާ އާއެކު އޮންނަ ގުޅުމަށް އަސަރުކުރާތަން،" ނަޝީދު ވިދާޅުވި އެވެ.

މި ސަރުކާރުންވެސް އިންޑިއާއާއެކު ބޭއްވި ނުރަނގަޅު ގުޅުން ހަރުދަނާކުރަން މަސައްކަތް ކޮށް އެކަން ކާމިޔާބު ކޮށްފައިވާ ކަމަށާއި އެއީ އުފާކުރާ ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ނަމަވެސް، މި ސަރުކާރުން އަމަލުކުރަން ފެށި ރާއްޖެ-ޗައިނާ ފްރީ ޓްރޭޑް އެގްރީމެންޓާ ހެދި އަދިވެސް ދެ ގައުމުގެ ގުޅުމުގައި ދަތިތަކެއް އެބަހުރި. ސަބަބަކީ އެކަމުގެ އަސަރު ރާއްޖޭގެ އިތުރުން ސީދާ އިންޑިއާއަށްވެސް ކުރާނެތީ،" ނިއުދިއްލީގައި ހުންނަވާ ނަޝީދު ވިދާޅުވި އެވެ.

Advertisement

އަދި، ކުރީގެ ރައީސް އަބްދުﷲ ޔާމީނުން އެކުލަވާލާ މިހާތަނަށް އަމަލުނުކޮށް އޮތް މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް މި ސަރުކާރުން އަމަލުކުރަން ފެށުމާމެދު ސުވާލު އުފައްދާނެ އިންޑިއާގެ އެތައް އޮފިޝަލުންނެއް ތިބޭނެ ކަމަށާއި އެކަންވެސް ވަރަށް އަވަހަށް ހައްލުވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ޗައިނާ އެފްޓީއޭއިން އާމްދަނީއަށް ކުރާނެ އަސަރު ސައީދަށް ނޭނގޭ

އިއްޒަތްތެރި މެންބަރު ސުވާލު ކުރައްވާފައި ވަނީ މުސްތަގުބަލުގައި ހިނގާނެ މުއާމަލާތްތަކެއް ކަމުގައި ވާތީ އެކަމުގެ ސީދާ އަދަދުތަކެއް އެނގޭނީ އެ މުއާމަލާތްތައް ހިނގާ ނިމުމުންނެވެ،" ސައީދުގެ ޖަވާބުގައި ލިޔުއްވާފައިވެ އެވެ.

ޗައިނާ އެފްޓީއޭއިން އާމްދަނީއަށް ކުރާނެ އަސަރު ސައީދަށް ނޭނގޭ

އިއްޒަތްތެރި މެންބަރު ސުވާލު ކުރައްވާފައި ވަނީ މުސްތަގުބަލުގައި ހިނގާނެ މުއާމަލާތްތަކެއް ކަމުގައި ވާތީ އެކަމުގެ ސީދާ އަދަދުތަކެއް އެނގޭނީ އެ މުއާމަލާތްތައް ހިނގާ ނިމުމުންނެވެ،" ސައީދުގެ ޖަވާބުގައި ލިޔުއްވާފައިވެ އެވެ.

އެމަނިކުފާނު ވިދާޅުވިހެން މި ޖެނުއަރީ މަހު އަމަލު ކުރަން ފެށި ރާއްޖެ-ޗައިނާ ފްރީ ޓްރޭޑް އެގްރިމެންޓާމެދު ކަންބޮޑުވުން ފާޅުކޮށް، ސިޔާސަތުތައް ބައްޓަން ކުރާއިރު އެކަމަށް ވިސްނާނެ ކަމަށް އިންޑިއާގެ ސަރުކާރުން ރަސްމީކޮށް ބުނެފައިވެ އެވެ.

އެފްޓީއޭގެ ސަބަބުން ރާއްޖެއަށް ލިބޭ އާމްދަނީ މަދުވާނެ ކަމަށް، ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދިރު ޖައިސްވާލު ވިދާޅުވި އެވެ. މާލީ ހާލަތު ދަށްއިރު، ރާއްޖެއަށް ލިބެން އޮތް އާމްދަނީއެއް މަދުވުމަކީ އިންޑިއާގެ ކަންބޮޑުވުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ އެގްރިމެންޓުގެ ސަބަބުން ރާއްޖެއަށް އާމްދަނީއެއް މަދުވާނެ. އެއީ [އަހަރުމެންގެ] ކަންބޮޑުވުމެއް. އަދި އޭގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތަށް ދުރު ރާސްތާގައި ނުރަނގު އަސަރުތަކެއް ކުރާނެ. އަހަރުމެންގެ ސިޔާސަތުތައް ބައްޓަން ކުރާއިރު، އެކަމަށް ވިސްނަންޖެހޭނެ،" ޖައިސްވާލު ވިދާޅުވި އެވެ.

އެ ހިސާބުތަކާ އެއްގޮތަށް މި އަހަރު ފެށުނީއްސުރެ އިމްޕޯޓު ޑިއުޓީން ލިބޭ އާމްދަނީ ވަނީ ދަށަށް ގޮސްފަ އެވެ.

ފިނޭންސް މިނިސްޓްރީން ބުރާސްފަތި ދުވަހު ހާމަކޮށްފައިވާ މާލީ ހިސާބުތަކުން ދައްކާ ގޮތުން މި މަހުގެ 6، އާ ހަމައަށް އިމްޕޯޓު ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބުނީ 436 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 164 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.

މިކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު، މުހައްމަދު ސައީދު ވަނީ ދިވެހި ދައުލަތަށް އިމްޕޯޓު ޑިއުޓީން ލިބޭ އާމްދަނީން މަދުވާނީ ކިހައި މިންވަރެއްކަން ނޭނގޭ ކަމަށް ވިދާޅުވެފަ އެވެ.

Advertisement

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

މަށީދު

about 7 hours ago

އަބަދުވެސް ދިވެހި ގައުމާ ދެކޮޅު ނަޝީދު ތި ބުނާ ގާތްގުޅުން އިނގެއެވެ. އެއީ އިންޑިއާ އަށް މި ރާއްޖޭ ވިއާކާލުމެވެ. ނަޝީދު ތި ބުނާ ގާތްގުޅުމަކީ އިންޑިއާ ބޭނުންހާ ތަނަކާއި ކަމެއް އެމީހުންނާ ހަވާލުކުރުމެވެ.

އިސްމާލު2.0

about 12 hours ago

ހަގީގަތަކީ މިއަދު ވެރިކަމުގައި މި މުރައްކަބު ޖާހިލު މުއިއްޒު ނޫން މީހަކު (ޔާމިން ވިޔަސް، އަންނި ވިޔަސް، އިބޫ ވިޔަސް) ހުރިނަމަ، އިންޑިއާ އަދި ޗައިނާގެ ލޯންތައް ހުންނާނީ ރީފައިނޭންސް ނޫނީ ރީސްޓްރަކްޗަރ ކޮށްފައެވެ. މި ހުރިހާ ކަމެއްވެސް އާހިރުގައި ވެގެންދަނީ “ރިލޭޝަންޝިޕް މެނެޖް” ކުރުމަށެވެ. މި ބޭފުޅާއަށް އެކަން ކުރަން ނޭނގެނީއެވެ. އެނގޭ މީހަކު ކައިރީގައިވެސް ނެތީއެވެ. ފިނޭންސް އަދި ފޮރިން މިނިސްޓަރުކަން ކުރާ މީހުންގެވެސް ޗަސްބެއްނެތީއެވެ.

ދިންރަހާ

about 14 hours ago

އޮއްތާކި އޮވަފެއި އެނައްކަލާއި ބޮލެރޮދިކެނޑިގެން މުދިއެއު ކޭއްފައްޓަގަ މައްހީވެނީ ފޮސްކަލޯ މިޔެގެއަމާ މިޔެވެހިކަލަސް ބޮލެރޮދި ކެނޑިފެއިހެން ހިށީ