Advertisement

ޖޭއެސްސީގެ މެންބަރުކަމުން ގާނޫނީ ވަކީލު މާނިއު އިސްތިއުފާ ދެއްވައިފި

12 ނޮވެންބަރު 2023 - 14:02 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޖޭއެސްސީގެ މެންބަރު ކަމަށް މާނިއު އައްޔަން ކުރެއްވި ރަސްމިއްޔާތު؛ އެ މަގާމުން އޭނާ މިއަދު ވަނީ އިސްތިއުފާ ދެއްވާފައި - ފޮޓޯ: ރައީސް އޮފީސް


ޖޭއެސްސީގެ މެންބަރުކަމުން ގާނޫނީ ވަކީލު މާނިއު އިސްތިއުފާ ދެއްވައިފި

12 ނޮވެންބަރު 2023 - 14:02 0

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުކަމުން ގާނޫނީ ވަކީލު އަބްދުލްމާނިއު ހުސައިން އިސްތިއުފާ ދެއްވައިފި އެވެ.

ހއ. އިހަވަންދޫ، އަންބަރީގެ، މާނިއު އެ ކޮމިޝަނުގައި އިންނެވީ ގާނޫނީ ވަކީލުންގެ ތެރެއިންގެ ތެރެއިންނެވެ.

މާނިއު މިއަދު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި އިސްތިއުފާ ދެއްވާފައިވާ ކަން ވަނީ ހާމަކުރައްވައިފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެޑްރެސް ކުރައްވައި އޭނާ ފޮނުއްވި ސިޓީގައި ޖޭއެސްސީގެ މެމްބަރުކަމުން އިސްތިއުފާ ދެއްވިކަން ލިޔުއްވާފައިވީ ނަމަވެސް ސަބަބެއް ލިޔުއްވާފައެއް ނުވެ އެވެ.

މާނިއު ޖޭއެސްސީގެ މެންބަރުކަމަށް އައްޔަންކުރެއްވީ ޖުލައި 31، 2019 ގައެވެ.

ޖޭއެސްސީގައި އިންނަވާ ގާނޫނީ ވަކީލުންގެ މެންބަރަކީ ވަކީލުންގެ ތެރެއިން އިންތިހާބުކުރާ ވަކީލެކެވެ. މާނިއު ވެސް އެ މަގާމަށް އިންތިހާބުވީ އިތުރު ހަތަރު ވަކީލުންނާ ވާދަކުރައްވައިގެންނެވެ.

މާނިއު އިންތިހާބުވީ 199 ވަކީލުންގެ ވޯޓުންނެވެ. 1،400 އެއްހާ ވަކީލުންނަށް ވޯޓު ލެވޭ އެ އިންތިހާބުގައި ވޯޓު ދިނީ 404 ވަކީލުންނެވެ.