Advertisement

ސަރުކާރުގެ މަތީ ފަޑިން އަންހެނުންނަށް ޖާގަ ދޭނަން: މުއިއްޒު

11 ނޮވެންބަރު 2023 - 15:31 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

މުއިއްޒު (ވ) ކެމްޕެއިން އިވެންޓެއްގައި އެމަނިކުފާނުގެ އަންހެން ސަޕޯޓަރުންނާ އެކު.


ސަރުކާރުގެ މަތީ ފަޑިން އަންހެނުންނަށް ޖާގަ ދޭނަން: މުއިއްޒު

11 ނޮވެންބަރު 2023 - 15:31 0

އެމަނިކުފާނުގެ ސަރުކާރުގައި އަންހެނުންގެ ދައުރު ފުޅާވާނެ ކަމަށާއި، އެގޮތުން ސަރުކާރުގެ ހަ ކުންފުންޏެއްގެ އިސްވެރިންގެ ގޮތުގައި އަންހެނުން ލައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ޖުމްހޫރީ ދުވަހުގެ މުނާއްސަބަތުގައި ޕީއެސްއެމް އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ އެމަނިކުފާނު ސަރުކާރުގެ މަތީފަޑީގައި އަންހެނުންގެ ދައުރު ފުޅާވާނެ ކަމަށެވެ.

މި ސަރުކާރަށް ބަލާއިރު މެނޭޖިން ޑިރެކްޓަރުންގެ ގޮތުގައި އަންހެނުން ތިބީ ސަރުކާރު ތިން ކުންފުންޏެއްގަ އެވެ. އެއީ ފަހި ދިރިއުޅުން ކޯޕަރޭޝަން، ބިޒްނެސް ސެންޓާ ކޯޕަރޭޝަން ލިމިޓެޑް އަދި ހައުސިން ޑިވެލޮޕްމަންޓް ފައިނޭޭންސް ކޯޕަރޭޝަން އެވެ.

މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ ނަތީޖާ ނެރެދިނުމަށް ހާއްސަ ސަރުކާރެއް އެކުލަވާލުން ކަމަށެވެ. އެގޮތުން ސިޔާސީ މަގާމުތަކަށް އައްޔަން ކުރެވޭ މީހުންނަކީ އެމަނިކުފާނުގެ ބަސް ހިނގާ، ތައުލީމީ ބައެއްކަން ޔަގީންކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރައްވާނެ ކަމަށް ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ، މިނިސްޓްރީތައް ވެސް ބައްޓަން ކުރައްވާނީ އެފިޝިއެންޓް މަސައްކަތްތަކެއް ކުރެވޭ ގޮތަށް ކަމަށެވެ.

"އެއް މިނިސްޓްރީގެ ތެރޭގައި މެންޑޭޓުތައް ގިނަވެގެން ގޮސް އެއްވެސް ކަމެއް ނުވެދާކަށް އަޅުގަނޑު ބޭނުމެއް ނޫން. އެފިޝިއެންޓް މަސައްކަތްތަކެއް ކުރެވޭ ގޮތަށް މިނިސްޓްރީތަކުގެ އޮނިގަނޑު އޮންނާނީ،" މުއިއްޒު ވިދާޅުވި އެވެ.