Advertisement

ޔޫކްރެއިނަަށް އީޔޫގެ މެމްބަރުކަން ދޭން ހަންގޭރީން ބޭނުމެއް ނުވޭ

11 ނޮވެންބަރު 2023 - 08:48 0


ޔޫކްރެއިނަަށް އީޔޫގެ މެމްބަރުކަން ދޭން ހަންގޭރީން ބޭނުމެއް ނުވޭ

11 ނޮވެންބަރު 2023 - 08:48 0

ޔޫކްރެއިނަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ މެމްބަރުކަން ދިނުމަށް ނިންމައިފިނަމަ އެކަން ވީޓޯ ކުރާނެ ކަމުގެ އިޝާރާތެއް ހަންގޭރީގެ ބޮޑުވަޒީރު ވިކްޓަރު އޮރްބާން ދެއްވައިފި އެވެ.

ހަންގޭރީންގެ ބޮޑުވަޒީރު ވަނީ ހަނގުރާމައިގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ޔޫކްރެއިނަކީ މިވަގުތު އީޔޫއާ ގުޅުމުގެ ޝަރުތު ފުރިހަމަ ނުވާ ގައުމެއް ކަމަށް ވިދާޅުވެފަ އެވެ. އެމަނިކުފާނު މިފަދަ އިޝާރާތެއް މި ދެއްވި ސްވިޓްޒަލޭންޑުން ޔޫކްރެއިން އީޔޫއަށް ވެއްދުމުގެ މަސައްކަތް ފެށުމަށް ލަފާ ދީފައި ވަނިކޮށެވެ.

ޑިސެމްބަރު މަހުގެ ތެރޭގައި އީޔޫގެ މެމްބަރުކަން ޔޫކްރެއިނަށް ދިނުމާ ގުޅޭގޮތުން އީޔޫގެ ވެރިން ވަކި ގޮތެއް ނިންމާނެ އެވެ. އާ ގައުމެއް އީޔޫގެ މެމްބަރަކަށް ހަދަން ބޭނުންވާ ނަމަ ހުރިހާ ގައުމެއްގެ ރުހުން ބޭނުންވާނެ އެވެ.

ރަޝިއާ އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ޔޫކްރެއިނަށް ހަތިޔާރު ފޮނުވުމަށް ވެސް ހަންގޭރީން ވަނީ ދެކޮޅު ހަދާފަ އެވެ.

އީޔޫގެ މެމްބަރު ގައުމުތަކުގެ ތާއީދު ހޯދުމަށް ޔޫކްރެއިނުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސްތަކެއް ވަނީ ކުރިމަތިވެފަ އެވެ.