Advertisement

އިރުވައި މޫސުމުގައި ހިޖުރަ ކުރާ ދޫންޏަށް އިހާނެތިކޮށް ނުހިތުމަށް އީޕީއޭއިން އެދިއްޖެ

10 ނޮވެންބަރު 2023 - 21:46 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


އިރުވައި މޫސުމުގައި ހިޖުރަ ކުރާ ދޫންޏަށް އިހާނެތިކޮށް ނުހިތުމަށް އީޕީއޭއިން އެދިއްޖެ

10 ނޮވެންބަރު 2023 - 21:46 0

މި ފެށޭ އިރުވައި މޫސުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހިޖުރަ ކުރާ ދޫނިސޫފާސޫތްޕަށް އިހާނެތިކޮށް ނުހިތުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އެދެފި އެވެ.

އެ އޭޖެންސީން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކޮންމެ އަހަރަކު ވެސް މި ދުވަސްވަރާ ދިމާކޮށް ރާއްޖެއަށް އަންނަ ހިޖުރަ ކުރާ ދޫނި، ވިޔަފާރީގެ ބޭނުމަށާއި މުނިފޫހި ފިލުވުމަށް ހިފައި ގެންގުޅޭކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

"ދިވެހިރާއްޖޭގައި ފެންނަ ގިނަ ބާވަތްތަކުގެ ދޫންޏަކީ މިގޮތަށް މޫސުމާ ގުޅިގެން ރާއްޖެއަށް ހިޖުރަ ކުރާ ބާވަތްތަކުގެ ދޫންޏެވެ. އެހެންކަމުުން މިތަކެތި ރައްކާތެރި ކުރުމަކީ ދިވެހިރާއްޖޭގެ ދިރުންތަކުގެ ސިންދަފާތު ނުވަތަ ގުދުރަތީ ވެށީގެ މުއްސަނދިކަން ރައްކާތެރިކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ." އެ ބަޔާނުގައި ބުނެފައިވެ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް ހިޖުރަ ކުރާ ދޫނިތަކަކީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުން މަނާކޮށްފައިވާ ކަމެއް ކަމަށާއި އެފަދަ ކަމެއް ކުރާ ފަރާތެއްގެ މައުލޫމާތު އެނގޭނަމަ ލަސްނުކޮށް އީޕީއޭގެ ނަންބަރު، 7980379 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް ވެސް އެ ބަޔާނުގައި އެދިފައިވެ އެވެ.

ކޮންމެ އަހަރެއްގެ ވެސް ހޭ ނަކަތް ފެށުމާއެކު ވަރަށް ގިނަ އަދަދެއްގެ ހިޖުރަ ކުރާ ދޫނި ރާއްޖެއަށް އާދެ އެވެ. އިހުގެ މީހުން ބުނެ އުޅޭ ގޮތުގައި ހިޖުރަ ކުރާ ދޫނި ރާއްޖެއިން ފެނުމަކީ އެއީ އިރުވައި ވުމުގެ އަލާމާތެކެވެ. އެގޮތުން ދިވެހިންގެ މެދުގައި ހިޖުރަ ކުރާ ދޫނިސޫފާސޫފީގެ ތެރެއިން އެންމެ މަގުބޫލު ސޫތްޕަކީ ހޭނަކަތު ދޫނި ނުވަތަ ދޮންދޫންޏެވެ.

ހިޖުރަ ކުރާ ދޫނި، އެސޮރުމެންގެ ހަގީގީ މަންޒިލަށް ވާސިލުވުމުގެ ކުރިން މަޑުކޮށްލާ މަޑުކޮށްލުމުގައި އެސޮރުމެން ހިމާޔަތްކޮށް ރައްކާތެރި ކުރުމުގެ މަސައްކަތަކީ ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭ މަސައްކަތެކެވެ. ރާއްޖެއަކީ ހިޖުރަ ކުރާ ދިރޭތައްކެއްޗަށް ހާއްސަ އދ. ގެ މުއާހަދާ، ކޮންވެންޝަން އޮން މައިގުރޭޓަރީ ސްޕީޝީޒްގެ މެންބަރު ގައުމެއް ވެސްމެ އެވެ.