Advertisement

ގއ. ވިލިނގިލި ރޭޕް ކޭސްއާ ގުޅިގެން ތިން މީހެއްގެ މައްޗަށް ދައުވާ އުފުލައިފި

10 ނޮވެންބަރު 2023 - 13:10 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ގއ. ވިލިނގިލި ރޭޕް ކޭސްއާ ގުޅިގެން ތިން މީހެއްގެ މައްޗަށް ދައުވާ އުފުލައިފި

10 ނޮވެންބަރު 2023 - 13:10 1

މިދިޔަ ޖުލައި މަހު ފަހުކޮޅު، ގއ. ވިލިނގިލީގައި ގަދަކަމުން އަންހެނަކު ހިފަހައްޓައި ރޭޕު ކުރި މައްސަލައެއްގައި ތިން މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފި އެވެ.

ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ދައުލަތުން ދައުވާ އުފުލާފައިވަނީ ލ. ގަން، މަތިމަރަދޫ، ދަނބުރުއްދޮށުގޭ އިބްރާހިމް ރިޒާ އާއި ގއ. ވިލިނގިލި، ކެޔޮވިނަ، އަހުމަދު ޝާލް އާއި ގއ. ވިލިނގިލި، މަލަސް، މުހައްމަދު މާއިލް މިހާދުގެ މައްޗަށެވެ. އެ ތިން މީހުން ވެސް މިވަގުތު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

އެ ތިން މީހުންގެ މައްޗަށް ދައުލަތުން ކުރަނީ ރޭޕު ކުރުމުގެ ކުށުގެ ދައުވާ އާއި މީހަކަށް ޖިންސީ އަނިޔާއެއް ކުރުމުގެ ބޭނުމުގައި ހިފެހެއްޓުމުގެ ކުށުގެ ދައުވާ އެވެ.

އެ ދައުވާތައް އެ ތިން މީހުންގެ މައްޗަށް ސާބިތުވެއްޖެ ނަމަ، ކޮންމެ މީހަކަށް 22 އަހަރާއި 35 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އޭގެތެރެއިން އިބްރާހިމް ރިޒާ ހައްޔަރުކޮށް ކުޑަކަމުދާތަކެތި ތަހުލީލު ކުރިއިރު، ކެނަބިސްއަށް ފައްސިވެފައި ވާތީ އޭނާގެ މައްޗަށް ކެނަބިސް ބޭނުން ކުރުމުގެ ދައުވާ ވެސް އުފުލައިފައިވެ އެވެ.

ކެނަބިސް ބޭނުން ކުރުމަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ތިން އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅިފައިވާ ކުށެކެވެ.

އެ މައްސަލައިގައި ދައުވާ ލިބޭ ތިން މީހުންނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކީގެ ތެރޭގައި ހެކިބަސްދޭ މީހުންނާއި ސައިކޮލޮޖިސްޓުގެ ރިޕޯޓުތަކާއި މެޑިކޯ ލީގަލް ރިޕޯޓުތަކާއި ޑީއެންއޭ ރިޕޯޓުތައް ހިމެނެ އެވެ.