Advertisement

އިނގިރޭސި ރަސްގެފާނުގެ ހައިސިއްޔަތުން ފުރަތަމަ ފަހަރަށް ޗާލްސްގެ ތަގުރީރެއް

8 ނޮވެންބަރު 2023 - 09:55 0


އިނގިރޭސި ރަސްގެފާނުގެ ހައިސިއްޔަތުން ފުރަތަމަ ފަހަރަށް ޗާލްސްގެ ތަގުރީރެއް

8 ނޮވެންބަރު 2023 - 09:55 0

އިނގިރޭސިވިލާތުގެ ރަސްކަމުގެ ތަހުތަށް ވެޑުވުމަށް ފަހު ފުރަތަމަ ފަހަރަށް ރަސްގެފާނު ޗާލްސް ތިންވަނަ ތަގުރީރެއް ކުރައްވައިފި އެވެ.

އެމަނިކުފާނު ވަނީ އިނގިރޭސިވިލާތުގެ ޕާލިމެންޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ރަސްގެފާނު ދެއްވާ ތަގުރީރު އެ މަޖިލީހަށް އިއްވަވާފަ އެވެ. މިިއީ ސަރުކާރުން ތައްޔާރުކުރާ ބަޔާނެކެވެ. މިފަހަރު ރަސްގެފާނު ޗާލްސް ދެއްވީ 10 މިނެޓުގެ ތަގުރީރެކެވެ.

ރަސްގެފާނު ޗާލްސް އިނގިރޭސި ރަސްކަމަށް އިސްކުރެވުނީ އެމަނިކުފާނުގެ މަންމާފުޅު ރާނީ އެލިޒަބަތު ދެވަނަ ސެޕްޓެމްބަރު 2022 ގައި އަވަހާރަވުމާ ގުޅިގެންނެވެ. މިއީ ފާއިތުވެދިޔަ 70 އަހަރުގެ ތެރޭ އިނގިރޭސި ޕާލިމެންޓުގައި ރަސްގެފާނަކު ދެއްވި ފުރަތަމަ ތަގުރީރެވެ.

އެމަނިކުފާނުގެ މި ތަގުރީރު ދެއްވާފައި މިވަނީ އިނގިރޭސިވިލާތުގެ އާންމު އިންތިހާބު އަންނަ އަހަރަށް ތާވަލުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ކޮންޒަވޭޓިވް ޕާޓީގެ މައްޗަށް ލޭބާ ޕާޓީއަށް 20 ޕޮއިންޓުގެ ލީޑެއް އެބައޮތެވެ.