Advertisement

ފެހުރިހި ހިމާޔަތްކުރުން ތިމާވެށީގެ ގާނޫނުގެ ދަށަށް ބަދަލުކުރަނީ

7 ނޮވެންބަރު 2023 - 17:40 0

ނިމާ ހަސަން

ނ

Advertisement

ފެހުރިހި ނުވަތަ ވޭލް ޝާކް -- ފޮޓޯ: ސްޓެއްލާ/ އެމްޑަބްލިއުއެސްޕީއެފް


ފެހުރިހި ހިމާޔަތްކުރުން ތިމާވެށީގެ ގާނޫނުގެ ދަށަށް ބަދަލުކުރަނީ

7 ނޮވެންބަރު 2023 - 17:40 0

Advertisement

Advertisement

ފެހުރިހި ނުވަތަ ވޭލް ޝާކް ހިމާޔަތްކޮށް, ރައްކާތެރި ކުރުމަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ކުރާ ކަމެއްގެ ގޮތުގައި ބަދަލުކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

ރައީސް މިގޮތަށް ނިންމެވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާ ކުރުމަށްފަހު އެ މަޖިލީހުގެ ލަފައާއެކު އެވެ. ފެހުރިހި މިހާރު ހިމާޔަތްކޮށްފައި ވަނީ މަސްވެރިކަމުގެ ގާނޫނުގެ ދަށުންނެވެ.

Advertisement

ފެހުރިހި ހިމާޔަތްކުރާ ގާނޫނަށް ބަދަލު ގެންނަން ނިންމީ އެޒާތުގެ މިޔަރަކީ މަސްވެރިކަމުގެ ސިނާއަތުގައި ބޭނުންކުރާ މަހެއް ނޫން ކަމަށް ވާތީ އެވެ. އަދި އެ މިޔަރު އެންމެ ރަނގަޅަށް ރައްކާތެރިކޮށް ދަމަހައްޓާ މެނޭޖު ކުރެވެން އޮތީ ތިމާވެށި ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ކަމުގައި ކެބިނެޓަށް ހުށަހެޅި ކަރުދާހުގައިވެ އެވެ.

ރައީސް އޮފީހުން ބުނީ ފެހުރިއްސަށް ރާއްޖޭގައި ގިނަގުނަ ގެއްލުންތަކެއް ލިބެމުންދާކަން ވެސް މި ކަރުދާހުގައި ފާހަގަކޮށްފައިވާ ކަމަށެވެ. އެހެންކަމުން ތިމާވެށި ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އެ ދިރުން ހިމާޔަތްކުރުމުން، ލިބޭ ގެއްލުންތައް މަދުވެ، މާހައުލީ ގޮތުން ވެސް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ވެސް އެ ކަރުދާހާ ހަވާލާދީ ރައީސް އޮފީހުން ބުނެ އެވެ.

އެ ކަރުދާހުގައި އިތުރަށް ވަނީ މި ނިންމުމުގެ ސަބަބުން ރާއްޖެއަށް ތިމާވެށީގެ ގޮތުންނާއި އިގްތިސޯދީ ގޮތުން އަދި އިޖުތިމާއީ ގޮތުން ވެސް ގިނަގުނަ ފައިދާތައް ލިބިގެންދާނެ ކަން ފާހަގަކޮށްފަ އެވެ.

Advertisement

ފެހުރިއްސަކީ 2016 ވަނަ އަހަރުގެ ޖުލައި މަހުގައި އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންސަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން)ގެ ރެޑް ލިސްޓް އޮފް ތްރެޓަންޑް ސްޕީޝީސްގައި ނެތި ދިއުމުގެ ބިރުހީވެފައިވާ ދިރުމެއް ކަމަށް ކަނޑައަޅާފައިވާ ދިރުމެކެވެ.