Advertisement

ސަރުކާރުގެ ބައެއް ޕީއެސްއައިޕީ މަޝްރޫއުތަކުގެ މުއްދަތު ހަ މަސް ދުވަހާ ހަމައަށް އިތުރުކުރަނީ

7 ނޮވެންބަރު 2023 - 17:19 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު. މި ފުރުސަތަށް އެދި ހުށަހެޅޭނީ ނޮވެމްބަރު 16 ގެ ނިޔަލަށް --- ފޮޓޯ: ރައީސް އޮފީސް


ސަރުކާރުގެ ބައެއް ޕީއެސްއައިޕީ މަޝްރޫއުތަކުގެ މުއްދަތު ހަ މަސް ދުވަހާ ހަމައަށް އިތުރުކުރަނީ

7 ނޮވެންބަރު 2023 - 17:19 0

ސަރުކާރުގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ މަޝްރޫއުތަކުގެ ތެރެއިން ބައެއް މަޝްރޫއުތަކުގެ މުއްދަތު ހަ މަސް ދުވަހަށް އިތުރު ކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

އިކޮނޮމިކް ކައުންސިލުގެ ނިންމުމާ އެއްގޮތަށް މުއްދަތު އިތުރުކުރުމާ ގުޅޭ މައުލޫމާތުތައް ހިމަނައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި މާލިއްޔަތާ ބެހޭ ސާކިއުލާއެއް މިއަދު ވަނީ ދައުލަތުގެ އިދާރާތަކަށް ފޮނުވާފަ އެވެ.

އޭގައިވާ ގޮތުން މުއްދަތު އިތުރުކުރަނީ ކޮވިޑުގެ ހާލަތު އިއުލާނު ކުރިފަހުން, މެއި 30, 2023 ގެ ކުރިން ސޮއިކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން މިހާރު ވެސް ކުރިއަށްދާ މަޝްރޫއުތަކެވެ.

އަދި, މުއްދަތު އިތުރުކުރާނީ އެކަމަށް އެދި ނޮވެމްބަރު 16, 2023 ގެ ނިޔަލަށް އިދާރާތަކަށް އަންގާ ކޮންޓްރެކްޓަރުންގެ ކޮންޓްރެކްޓްތައް ކަމަށް އެ ސާކިއުލާގައި ބަޔާންކޮށްފައިވެ އެވެ.

ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 10.49 ގެ ރ. އާ ހަވާލާދީ އަމީރު ވަނީ އެފަދަ ހުށަހެޅުންތަކަށް ހުއްދަ ދީ ކޮންޓްރެކްޓުގެ މުއްދަތު އިތުރުކޮށް އެއްބަސްވުންތައް އަދާ ހަމަކުރުމަށް އިދާރާތަކަށް ދަންނަވާފަ އެވެ.