Advertisement

ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 12 ގައި ގައުމީ ތަރިކައިގެ ދުވަސް ފާހަގަކުރަނީ

7 ނޮވެންބަރު 2023 - 16:12 3

ކަޅުވަކަރު މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ. އެ މިސްކިތް ހޯދައި އިހު ހުރި ގޮތަށް ރޭވުމަކީ އެމަނިކުފާނު 2018 ގައި ވެވަޑައިގެންނެވި ވައުދެއް ---- ފޮޓޯ: ރައީސް އޮފީސް


ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 12 ގައި ގައުމީ ތަރިކައިގެ ދުވަސް ފާހަގަކުރަނީ

7 ނޮވެންބަރު 2023 - 16:12 3

އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު 12 ވަނަ ދުވަހަކީ ގައުމީ ތަރިކައިގެ ދުވަހުގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައިފި އެވެ.

އެމަނިކުފާނު މި ނިންމެވުން ނިންމެވީ, ގައުމީ ތަރިކައިގެ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރެއްވުމާ ގުޅޭގޮތުން މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ހެރިޓޭޖު މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހު އެވެ.

އެގޮތުން, މީގެކުރިން އާސާރީ ތަންތަނާއި ތަކެތި ރައްކާތެރިކޮށް ދަމަހައްޓަން ގައުމީ ފެންވަރެއްގައި އަދި ބައިނަލްއަގުވާމީ ފެންވަރެއްގައި ކުރަމުން އައި މަސައްކަތްތަކަށް ހަރުދަނާ ގާނޫނީ އޮނިގަނޑެއް ނެތުމަކީ ގޮންޖެހުމެއް ކަމަށް ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވި އެވެ.

ނަމަވެސް, ރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު މި ސަރުކާރުން ވުޖޫދަށް ގެނެސް ސަގާފީ ތަރިކައަށް ކުރިން ނުލިބި އޮތް ވަރަށް ބޮޑު ރައްކާތެރިކަމެއް ލިބިގެން ދިޔަ ކަމަށް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ޔުމްނާ ފާހަގަކުރެއްވި އެވެ.

ސެޕްޓެމްބަރު 12 އަކީ އެ ގާނޫނު ތަސްދީގުކޮށް އަމަލުކުރަން ފެށި ތާރީހެވެ.