Advertisement

ފެލިދޫ ކައުންސިލްގެ ނިންމުމާއެކު އެލްޖީއޭގެ އިލްތިމާސް : މަދަނީ ހައްގަކަށް އުނިކަން ނާންނަހެން ނިންމުންތައް ނިންމަވާ

5 ނޮވެންބަރު 2023 - 16:56 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ވ. ފެލިދޫ : ފެލިދޫ ކައުންސިލްގެ ނިންމުމާއެކު އެލްޖީއޭއިން ވަނީ މަދަނީ ހައްގަކަށް އުނިކަން ނާންނަހެން ނިންމުންތައް ނިންމުމަށް އިލްތިމާސްކޮށްފަ - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ފެލިދޫ ކައުންސިލްގެ ނިންމުމާއެކު އެލްޖީއޭގެ އިލްތިމާސް : މަދަނީ ހައްގަކަށް އުނިކަން ނާންނަހެން ނިންމުންތައް ނިންމަވާ

5 ނޮވެންބަރު 2023 - 16:56 0

އެއްވެސް ރައްޔިތެއްގެ މަދަނީ ހައްގަކަށް އުނިކަން ނާންނާނެހެން ލޯކަލް ކައުންސިލްތަކުގެ ނިންމުންތައް ނިންމުމަށް ލޯކަލް ގަވަރުމެންޓު އޮތޯރިޓީ (އެލްޖީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެލްޖީއޭއިން މިހެން އިލްތިމާސް ކުރީ ވ. ފެލިދޫ ކައުންސިލަށް ލިބެންޖެހޭ ރައްޔިތުންގެ ފައިސާ ދައްކަން ޖެހޭ ފަރާތްތަކުން ފައިސާ ދައްކާ ނިންމަންދެން ، އެ ފަރާތްތަކާއި އެ ފަރާތްތަކުގެ އަނބި، ފިރި އަދި ދަރިން ހިމެނޭ ގޮތަށް އޭގެން އެއްވެސް ފަރާތަކަށް މި މަހުގެ އެކަކުން ފެށިގެން އެ ކައުންސިލްގެ އެއްވެސް ހިދުމަތެއް ނުދިނުމަށް ނިންމުމާ ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.

ކައުންސިލަށް ލިބެންޖެހޭ ފައިސާ ގަވާއިދުން ނުލިބޭތީ އާއި އެ ފައިސާ ނުލިބޭތީ ކައުންސިލްތަކުން ދޭ ހިދުމަތްތަކަށް ގޮންޖެހުންތައް ކުރިމަތިވާތީ އެ އިދާރާއިން ކަންބޮޑުވި ނަމަވެސް، ކައުންސިލްތަކުން ނިންމާ ނިންމުންތައް ވާންވާނީ ގާނޫނުއަސާސީއިން ލިބިދޭ އަސާސީ ހައްގަކަށް އުނިކަން ނާންނަގޮތަކަށް ކަމަށްވެސް އެލްޖީއޭގެ ބަޔާނުގައި ބުންޏެވެ.

"ކައުންސިލާއި އަމިއްލަ ފަރުދަކާ މެދު ކުރެވޭ މަދަނީ މުއާމަލާތެއްގެ ތެރެއިން އެފަރާތުން ކައުންސިލަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުމަކުން، ގާނޫނަކުން ނުވަތަ ގަވާއިދަކުން ހުއްދަކުރާ ފިޔަވަޅެއް މެނުވީ އެއްވެސް ރައްޔިތަކާމެދު އެޅުމަކީ ފަރުދީ ހައްގެއް ހިފެހެއްޓުން ކަމުގައި މި އޮތޯރިޓީން ދެކެން" އެލްޖީއޭއިން ބުނެފައިވެ އެވެ.

އަދި، މިފަދަ ނިންމުންތައް ނިންމުމުގެ ކުރިން ރައްޔިތުންގެ މަދަނީ ހައްގަކަށް އުނިކަން ނާންނަހެން ނިންމުންތައް ނިންމުމަށް ލޯކަލް ކައުންސިލްތަކަށް އެލްޖީއޭއިން ގޮވާލާފައިވެ އެވެ.

ފެލިދޫ ކައުންސިލްގެ ބަޔާނުގައި ބުނެފައިވަނީ މިދިޔަ މަހުގެ ނިޔަލަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ރައްޔިތުންނަށް ދެވޭނީ ފަސް ދުވަހުގެ މުއްދަތެއް ކަމަށާއި އޭގެ ފަހުން އެ ނިންމުމަށް އަމަލުކުރާނެ ކަމަށެވެ.