Advertisement

ބޭންކް އޮފް ސިލޯނާއި މޮރިޝަސް ކޮމާޝަލް ބޭންކް އެމްއެމްއޭގެ 'ފަވަރަ' އާ ގުޅިއްޖެ

6 ނޮވެންބަރު 2023 - 10:19 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) -- ފޮޓޯ: އަދަދު


ބޭންކް އޮފް ސިލޯނާއި މޮރިޝަސް ކޮމާޝަލް ބޭންކް އެމްއެމްއޭގެ 'ފަވަރަ' އާ ގުޅިއްޖެ

6 ނޮވެންބަރު 2023 - 10:19 0

އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ވަގުތަށް ފައިސާ ޖަމާކުރެވޭ ގޮތަށް އެމްއެމްއޭ އިން ގާއިމްކުރި އިންސްޓެންޓް ޕޭމަންޓްސް ސިސްޓަމް ކަމަށްވާ ފަވަރަ އާ ބޭންކް އޮފް ސިލޯނާއި މޮރިޝަސް ކޮމާޝަލް ބޭންކް ގުޅިއްޖެ އެވެ.

ރާއްޖޭގައި ހިދުމަތްދޭ ބައިނަލްއަގްވާމީ މި ދެ ބޭންކާ އެކު އެމްއެމްއޭ އިން ވަނީ އިއްޔެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

މިދިޔަ އޮގަސްޓް މަހު ތައާރަފުކުރި މި ސިސްޓަމުގައި އެންމެ ފުރަތަމަ ބައިވެރިވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް), ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި އާ ދެ ބޭންކާ އެކު ޔޫސާ އެކްސެޕްޓަންސް ޓެސްޓިންގެ މަސައްކަތް މިހާރު ވަނީ ނިންމައިފަ އެވެ. ދެން އޮތީ ބުދަ ދުވަހު ފަށާ ޕައިލޮޓް ޓެސްޓިން މަރުހަލާ އެވެ.

އެމްއެމްއޭއިން ބުނެފައިވާ ގޮތުގައި މިއީ ރާއްޖޭގެ ޕޭމަންޓް ސްޓްރަކްޗާއަށް މިފަހުން ގެނެވޭ އެންމެ ބޮޑު ބަދަލެވެ. އަދި މި ނިޒާމު ވުޖޫދަށް އައުމާ ގުޅިގެން މާލީ މުއާމަލާތްތައް ރައްކާތެރިކަމާ އެކީ ފަސޭހަވެ އަވަސްވެ، މުޅި މާލީ ނިޒާމަށް އީޖާދީ، އިންގިލާ ބަދަލުތަކެއް އަންނާނެ ކަމަށް ވެސް އެ އިދާރާއިން ބުނެފައި ވެ އެވެ.

ފަވަރަ އިންސްޓަންޓް ޕޭމަންޓް ސިސްޓަމުން ކުރެވޭ ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • އިންސްޓަންޓް ޕޭމަންޓްސް
  • ރިކުއެސްޓް ޓު ޕޭ
  • ސްމާޓް އެޑްރެސިން
  • އެކައުންޓް ވެރިފިކޭޝަން