Advertisement

އެމެރިކާގެ ނޭވަލް އެކަޑަމީގެ ސްކޮލާޝިޕެއްގައި ބައިވެރިވުމަށް ރާއްޖެއަށް ހުޅުވާލައިފި

2 ނޮވެންބަރު 2023 - 21:33 1

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ


އެމެރިކާގެ ނޭވަލް އެކަޑަމީގެ ސްކޮލާޝިޕެއްގައި ބައިވެރިވުމަށް ރާއްޖެއަށް ހުޅުވާލައިފި

2 ނޮވެންބަރު 2023 - 21:33 1

އެމެރިކާގެ ނޭވަލް އެކެޑެމީގައި ހިންގާ "ޔުނައިޓެޑް ސްޓޭޓްސް ނޭވަލް އެކެޑަމީ، ކުލާސް އޮފް 2028"ގައި ބައިވެރިވުމަށް ސްކޮލާޝިޕް ފުރުސަތު ހުޅުވާލައިފި އެވެ.

އެމްއެންޑީއެފްއިން ކުރި އިއުލާނެއްގައި ބުނީ، އެ ކޯސް ހިންގުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުން ފެށިގެން ހަތަރު އަހަރުގެ މުއްދަތަށް ކަމަށެވެ. އަދި ޔުނައިޓެޑް ސްޓޭޓްސް ނޭވަލް އެކެޑަމީ، ކުލާސް އޮފް 2028 ކޯހަކީ ބެޗްލާސް ޑިގްރީ ފެންވަރުގެ ކޯހެއް ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

މި ސްކޮލާޝިޕާ ގުޅޭ އިތުރު މައުލޫމާތު ދެމުން އެމްއެންޑީއެފްއިން "އަދަދު"އަށް ބުނީ ކޯހުގައި ބައިވެރިވާ އެދޭ މީހުންނަކީ ސިފައިންނަށްވުން ލާޒިމް ނޫން ކަމަށާއި، ފުރުސަތު ދޭނީ ނޭވަލް އެކެޑެމީއިން ކަމަށެވެ.

ކޯހުގައި ކުރިއަށް ދެވިދާނެ ދާއިރާތަކުގެ ތެރޭގައި، އެއޮރޮސްޕޭސް އިންޖިނިއަރިން، ކޮމްޕިއުޓާ ސައިންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، އިލެކްޓްރިކަލް އިންޖިނިއަރިން، އޯޝަންގްރޮފީ، ނޭވަލް އާކިޓެކްޗާ، ފިޒިކްސް، ކެމިސްޓްރީ، ސައިބަރ އޮޕަރޭޝަން، އިކޮނޮމިކްސް، ސައިންސް، މެތަމެޓިކްސް، އޮޕަރޭޝަން ރިސާޗް، ޕޮލިޓިކަލް ސައިންސް ހިމެނެ އެވެ.

ފުރިހަމަ ވާންޖެހޭ ޝަރުތުތައް:

  • އޭލެވެލް ފުރިހަމަކޮށްފައިވުން ނުވަތަ އޭލެވެލްއާ އެއް ފެންވަރުގެ ނުވަތަ އެއައްވުރެ މަތީ ފަންތީގެ ސަނަދެއް ލިބިފައިވުން
  • ހަށިހެޔޮކަމުގެ އިމްތިހާނުން ފާސްވެފައިވާ އަދި ނަފުސާނީގޮތުންނާއި ޖިސްމާނީގޮތުން ދުޅަހެޔޮ މީހަކު ކަމުގައި ވުން
  • ކުރިއަށް އޮތް އަހަރުގެ ޖުލައި 1 އަށް 23 އަހަރު ނުފުރޭ މީހަކު ކަމުގައިވުން
  • ޒަވާޖީ ހަޔާތެއް ފަށާފައިނުވާ މީހަކު ކަމުގައިވުން

މި ސްކޮލާޝިޕަށް އެދި ފޯމު ހުށަހެޅަން ޖެހޭނީ މިމަހުގެ 9 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެމްއެންޑީއެފް ބަންޑާރަކޮށްޓަށެވެ. އޮންލައިންކޮށް ނަމަ [email protected] އަށް އިއުލާނުގައި އެދިފައި ވެއެވެ.