Advertisement

އެމެރިކާގެ ސްޕެޝަލް އޮޕަރޭޝަންސް ކޮމާންޑް ޕެސިފިކްގެ ކޮމާންޑަރު ރާއްޖެއަށް ޒިޔާރަތްކޮށްފި

20 އޭޕްރީލް 2024 - 09:42 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

އެމެރިކާގެ ސްޕެޝަލް އޮފަރޭޝަންސް ކޮމާންޑް ޕެސިފިކްގެ ކޮމާންޑަރު ރިއާ އެޑްމިރަލް ޖެރޮމީ ވިލިއަމް ރާއްޖެ ޒިޔާރަތްކުރުން -- ފޮޓޯ: އެމްއެންޑީއެފް


އެމެރިކާގެ ސްޕެޝަލް އޮޕަރޭޝަންސް ކޮމާންޑް ޕެސިފިކްގެ ކޮމާންޑަރު ރާއްޖެއަށް ޒިޔާރަތްކޮށްފި

20 އޭޕްރީލް 2024 - 09:42 0

އެމެރިކާގެ ސްޕެޝަލް އޮފަރޭޝަންސް ކޮމާންޑް ޕެސިފިކްގެ ކޮމާންޑަރު ރިއާ އެޑްމިރަލް ޖެރޮމީ ވިލިއަމް ރާއްޖެ ޒިޔާރަތް ކުރައްވައިފި އެވެ.

މި ޒިޔާރަތުގައި ކޮމާންޑަރު ރިއާ އެޑްމިރަލް ޖެރޮމީ ވަނީ އެމްއެންޑީއެފްގެ އިސް ލީޑަރުންނާއި ބައްދަލުކުރައްވާފަ އެވެ.

ކޮމާންޑަރުގެ ޒިޔާރަތާއި ގުޅޭ ގޮތުން އެމްއެންޑީއެފުން ބުނީ އެމެރިކާގެ ނޭވީ އަދި އެމްއެންޑީއެފްއާ ދެމެދު އޮންނަ ގުޅުން ބަދެހި ކުރުމަށް އެކި މަޝްވަރާތައް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ދެ ފަރާތުގެ މަސްލަހަތު އޮންނަ ދާއިރާތަކުގައި އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން މަޝްވަރާކުރި ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

އެޑްމިރަލް ޖެރޮމީ ވަނީ 1993 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ނޭވީގެ އިސް މަގާމުތައް އަދާކުރައްވާފަ އެވެ. ނެޝަނަލް ސެކިޔުރިޓީ އަދި ސްޓްރެޖިކް ސްޓަޑީސްއިން މާސްޓާސް ޑިގްރީއެއް ހާސިލްކޮށްފައިވާ އެޑްމިރަލް ޖެރޮމީއަށް ސްޕެޝަލް އޮފަރޭޝަންސް ކޮމާންޑް ޕެސިފިކްގެ ކޮމާންޑަރު ރިއާ އެޑްމިރަލްގެ މަގާމު ލިބިވަޑައިވަތީ ޖުލައި 19، 2022 ގަ އެވެ.

އޭގެ ކުރިން އެޑްމިރަލް ޖެރޮމީ އަދާކުރެއްވީ ޖޮއިންޓް ސްޓާފް ޖޭ-3 ޑެޕިއުޓީ ޑިރެކްޓާ ފޯ ސްޕެޝަލް އޮޕަރޭޝަންސް އެންޑް ކައުންޓާޓެރަރިޒަމްގެ މަގާމެވެ.

އެމެރިކާގެ އިންޑޯ ޕެސިފިކް ކޮމާންޑްގެ ކޮމާންޑަރު އެޑްމިރަލް ޖޯން އެކުއިލީނޯ ވެސް ވަނީ މިދިޔަ ޖެނުއަރީ މަހު ރާއްޖެ ޒިޔާރަތްކުރައްވައި، ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ބައްދަލުފުޅު ކުރައްވާފަ އެވެ.

ރާއްޖޭގެ ސަރަހައްދުތަކުގައި އަމަން ބެލެހެއްޓުމާއެކު ސިޔާދަތު ދަމަހައްޓަން އެމެރިކާއިން ތާއީދު ކުރާނެކަމުގެ ޔަގީންކަން ދިނުމާއެކު، އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ކެޕޭސިޓީ ވަރުގަދަ ކުރުމަށް އެމެރިކާގެ އިންޑޯ ޕެސިފިކް ކޮމާންޑުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޒިޔާރަތުގައި ނިންމި އެވެ.