Advertisement

އަރަބިއްޔާގެ ކުރީގެ ޕްރިންސިޕަލް އެންއައިއީއަށް ބަދަލުކުރީ ކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައިފި

1 ނޮވެންބަރު 2023 - 19:51 0

ނިމާ ހަސަން

ނިމާ ހަސަން

އަރަބިއްޔާ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް ޝުޖާއު; އޭނާއަށް އަލުން ވަޒީފާ ދޭން ޓްރިބިއުނަލުން ވަނީ އަންގާފައި -- ފޮޓޯ: ޝާބިން/ އަދަދު


އަރަބިއްޔާގެ ކުރީގެ ޕްރިންސިޕަލް އެންއައިއީއަށް ބަދަލުކުރީ ކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައިފި

1 ނޮވެންބަރު 2023 - 19:51 0

އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނަވަނިކޮށް, މުހައްމަދު ޝުޖާއު, ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަށް ބަދަލުކުރީ ގޯސްކޮށް ކަމަށް ވަޒީފާއާ ބެހޭ ޓްރިބިއުނަލުން ނިންމައިފި އެވެ.

މި މައްސަލާގައި ޝުޖާއު ތަމްސީލު ކުރެއްވި ވަކީލު އަލީ ސައީދު މިއަދު އޭނާގެ އެކްސް އެކައުންޓުގައި ވިދާޅުވީ, ޝުޖާއު އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުން ބަދަލުކުރީ ގޯސްކޮށް ކަމަށާއި އޭނާއަށް އަލުން ވަޒީފާ ދިނުމަށް ޓްރިބިއުނަލުން ނިންމާފައިވާ ކަމަށެވެ.

އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް ކަމުން ޝުޖާއު ބަދަލުކުރުމުން, އެ ސްކޫލުގެ ބެލެނިވެރިން ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް އިހުތިޖާޖު ވެސް ކޮށްފަ އެވެ.

އޭނާ މަގާމުން ވަކިކޮށްފައި ވަނީ އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ކުރިއަށްގެންދާ "ސޭވް އަރަބިއްޔާ" ކެމްޕޭން ނުހުއްޓުވައި ބެލެނިވެރިންނާ އެކު އޭނާ ހުންނެވުމުން ކަމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެ

ހެން ނަމަވެސް، އޭނާ އެންއައިއީއަށް ބަދަލުކުރީ އެ ކެމްޕޭނާ ގުޅިގެން ނޫން ކަމަށް އެޑިއުކޭޝަންގެ ޕާމަނަންޓު ސެކްރެޓަރީ ވަނީ "އަދަދު" އަށް ވިދާޅުވެފަ އެވެ.