Advertisement

އިޒްރޭލުން ހިންގާ ގަތުލުއާއްމު ހުއްޓުވަން މަސައްކަތް ނުކުރާ ކަމަށް ބުނެ އދ. ގެ އިސް އޮފިޝަލަކު އިސްތިއުފާދީފި

1 ނޮވެންބަރު 2023 - 15:38 0

އަހުމަދު އާއިދު

އަހުމަދު އާއިދު


އިޒްރޭލުން ހިންގާ ގަތުލުއާއްމު ހުއްޓުވަން މަސައްކަތް ނުކުރާ ކަމަށް ބުނެ އދ. ގެ އިސް އޮފިޝަލަކު އިސްތިއުފާދީފި

1 ނޮވެންބަރު 2023 - 15:38 0

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދަނީ ގަތުލުއާއްމު ހުއްޓުވަން އދ. އިން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ބުނެ އެ ޖަމާތުގެ އިސް އޮފިޝަލަކު އިސްތިއުފާދީފި އެވެ.

އދ. ގެ މަސައްކަތްތަކަށް ފާޑުކިޔާ އިސްތިއުފާދީފައިވަނީ އެމެރިކާގެ ނިއުޔޯކުގައި ހުންނަ އެ ޖަމިއްޔާގެ އިންސާނީ ހައްގުތަކުގެ ހައި ކޮމިޝަނަރުގެ އޮފީހުގެ ޑިރެކްޓަރުގެ މަގާމުގައި ހުރި ކްރެއިގް މޮހިބާ އެވެ.

އޭނާ ބުނި ގޮތުގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށް އދ. އިން ނުކުޅެދިފައިވާއިރު އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ޒިންމާ އެމެރިކާ، އިނގިރޭސި ވިލާތް އަދި ޔޫރަޕުގެ ގިނަ ގައުމުތަކުން ނަގަންޖެހޭނެ ކަމަށެވެ.

އަދި، މީގެ ކުރިން ރުވަންޑާ، ބޮސްނިއާ، އިރާގު އަދި މިޔަންމާގެ ރޮހިންޔާގައި ކުރިއަށް ގެންދިޔަ ގަތުލުއާއްމުތައް ހުއްޓުމަށްވެސް އދ. އިން ނުކުޅެދުނު ކަމަށާއި އަނެއްކާވެސް މި ފެންނަނީ އެ މަންޒަރު ކަމަށް އޭނާގެ ސިޓީގައި ބުނެފައިވެ އެވެ.

އިޒްރޭލުން ފަލަސްތީނުގައި ވޭތުވެދިޔަ 75 އަހަރު ހިންގަމުންދާ ގަތުލުއާއްމު ވަރުގަދަކޮށް ދޭން ފެށި ހަމަލާތައް ހުއްޓާލުމަށް އދ. ގެ ސަލާމަތީ ކައުންސިލަށް ހުށަހެޅި ތިން ގަރާރު ވެސް އެމެރިކާއިން ވަނީ ވީޓޯ ކޮށްފަ އެވެ.

އަދި، އދ. ގެ އާއްމު މަޖިލީހުން އެ ހަމަލާތައް ހުއްޓާލުމަށް ގޮވާލާ ގަރާރެއް ފާސްކުރި ނަމަވެސް އެ ގަރާރަށް އަމަލު ނުކުރާނެ ކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ. ނަމަވެސް އިތުރު ފިޔަވަޅެއް އެޅުމަށް ވަނީ ނުކުޅެދިފަ އެވެ.

އިޒްރޭލުން އިއްޔެ ވެސް ވަނީ ގާޒާގެ ރެފިއުޖީ ކޭމްޕަކަށް އަމާޒުކޮށް ހަމަލާދީ 400 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފަ އެވެ.

އިޒްރޭލުން ޖަބަލިއާއަށް ހަމަލާދިނީ އެ ސަރަހައްދުގައި ހަމާސް ޖަމާއަތުގެ ކޮމާންޑަރަކު ހުރި ކަމަށް ބުނެ އެވެ. މިދިޔަ މަހުގެ ހަތެއްގައި އިޒްރޭލުގެ ގަތުލުއާންމު ވަރުގަދަކޮށް ހަނގުރާމަ އިއުލާންކުރީ ހަމާސްއިން ދިން ހަމަލާއަކާ ގުޅިގެންނެވެ. އެ ހަމަލާގައި އިޒްރޭލުގެ 1400 އަށްވުރެ ގިނަ މީހުން މަރާލި އެވެ.

ބަދަލުގައި އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ތެރެއިން އިއްޔެ ޖަބަލިއާއަށް ދިން ހަމަލާގައި 400 އަށްވުރެ ގިނަ އާންމުން ޝަހީދުކޮށްލި އެވެ. މީގެ ތެރޭގައި ގިނަ އާއިލާތަކުގެ ހުރިހާ މެންބަރުން ހިމެނެ އެވެ. ގާޒާގެ އިންޓާނަލް މިނިސްޓްރީން ބުނީ އެމެރިކާގެ ހަ ބޮމެއް ބޭނުންކޮށްގެން އިއްޔެ ދިން ހަމަލާގައި ޖަބަލިއާ ކޭމްޕު އެކީހެން ފުނޑުފުނޑު ވެފައިވާ ކަމަށެވެ.

ވައިގެ މި ހަމަލާތަކުގެ އިތުރުން އިޒްރޭލު ސިފައިން ދަނީ އެއްގަމު މަގުން އުތުރު ގާޒާއަށް އެރުމަށް މަސައްކަތް ކުރަމުންނެވެ. އަދި ކަނޑުގެ މަގުންވެސް ގާޒާއަށް ދަނީ ހަމަލާދެމުންނެވެ. މި ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 8،500 އަށް އަރަ އެވެ.

އިޒްރޭލުން ވަނީ ގާޒާއިން ފެނާއި ކަރަންޓު އަދި ތެޔޮ ލިބޭނެ މަގުތައް ބަންދުކޮށްފަ އެވެ. ގާޒާގެ މުވާސަލާތީ ގުޅުންތައްވެސް 24 ގަޑިއިރަށް އިޒްރޭލުން ކަނޑާލި އެވެ.

ބައިނަލްއަގުވާމީ އެކި ޖަމްއިއްޔާތަކުންނާއި ގައުމުތަކުން ގާޒާއަށް ފޮނުވި އެހީ ރަފާހު ބޯޑަރުގައި ތޮއްޖެހިފައި ވީ ނަމަވެސް އިޒްރޭލުން އެ އެހީގެ އުޅަނދުތައް ވެއްދުމަށް ވަނީ ދެކޮޅުހަދާފަ އެވެ. މި މަހުގެ ހަތަކުން ފެށިގެން މިއަދާ ހަމައަށް ގާޒާއަށް ވަދެފައިވަނީ 100 އެއްހާ އެހީގެ އުޅަނދެވެ. މިއަދު އިތުރު 66 އުޅަނދު ވަންނާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.