Advertisement

އޫރެއްގެ ހިތް ލައްވައިގެން އުޅުނު މީހަކު މަރުވެއްޖެ

1 ނޮވެންބަރު 2023 - 14:24 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު

މިއީ މިފަދަ ޓްރާންސްޕާލަންޓެއް ހެދި ދެވަނަ މީހާ އެވެ. ފުރަތަމަ ޓްރާންސްޕްލާންޓް ހެދި މީހާ ވަނީ ދެ މަސް ފަހުން ހިތް ފެއިލް ވެގެން މަރުވެފަ އެވެ.


އޫރެއްގެ ހިތް ލައްވައިގެން އުޅުނު މީހަކު މަރުވެއްޖެ

1 ނޮވެންބަރު 2023 - 14:24 0

އޫރެއްގެ ހިތުގެ ޖެނެޓިކްސް ބަދަލުކޮށް، އެ ހިތް ލައްވައިގެން އުޅުނު މީހަކު މަރުވެއްޖެ އެވެ.

މަރުވީ އެމެރިކާގެ ޔުނިވާސިޓީ އޮފް މެރިލެންޑް މެޑިކަލް ސެންޓާގައި ކުރަމުންދާ ތަހުލީލުތަކެއްގައި އޫރުގެ ހިތް ލައްވައިގެނ އުޅުނު އުމުރުން 58 އަހަރުގެ ލޯރެންސް ފޮސެޓް ނަމަކަށް ކިޔާ މީހެކެވެ. އޭނާއަކީ ހިތުގެ ދާއިމީ ބައްޔެއް ވެސް ހުރި މީހެކެވެ.

އޭނާގެ ހަށިގަނޑަށް އޫރުގެ ހިތް ލެއްވީ މި އަހަރުގެ ސެޕްޓެމްބަރު 20 ގަ އެވެ. މައްސަލަތަށް ދިމާވާން ފެށީ އޭގެ ހަ ހަފުތާއަށް ވެފައި ވަނިކޮށެވެ.

މެރިލެންޑު ޔުނިވާސިޓީން ބުނެފައިވަނީ ޓްރާންސްޕްލާންޓަށް ފަހު ފުރަތަމަ ހުރިހާ ކަމެއް ވެސް ކުރިއަށް ދިޔައީ ރަނގަޅަށް ކަމަށެވެ. އަދި ލޯރެންސް ވަނީ ފިޒިކަލް ތެރަޕީ ނެގުމުގެ އިތުރުން އާއިލާއާ އެކީގައި ވަގުތު ހޭދަކޮށްފައި ކަމަށް ވެސް މެރިލެންޑުން ބުނެފައިވެ އެވެ.

އޫރުގެ ހިތެއް


ނަމަވެސް ފާއިތުވި ދުވަސްތަކުގައި ލޯރެންސްގެ ހަށިގަނޑުން ވަނީ އޫރުގެ ހިތް ބަލައިނުގަތުމުގެ އަލާމާތްތައް ދައްކަން ފަށައިފަ އެވެ. އެގޮތުން އޭނާގެ ދިފާއީ ނިޒާމުން ވަނީ އޫރުގެ ހިތަކީ ހަށިގަނޑު ބައެއް ނޫންކަން ދެނެގަނެ އެއަށް ހަމަލާ ދޭން ފަށައިފައި ކަމަށް މެރިލެންޑުން ބުނެ އެވެ.

ލޯރެންސް އަކީ މިފަދަ ޓްރާންސްޕާލަންޓެއް ހެދި ދެވަނަ މީހާ އެވެ. ފުރަތަމަ ޓްރާންސްޕްލާންޓް ހަދާފައިވަނީ މިދިޔަ އަހަރު ޖެނުއަރީ މަހު އެވެ. އެ ޓްރާންސްޕްލާންޓް ހެދުނު ޑޭވިޑް ބެނެޓެ ވަނީ ދެ މަސް ފަހުން ހިތް ފެއިލް ވެގެން މަރުވެފަ އެވެ.

ބެނެޓް މަރުވެފައިވަނީ ޓްރާންސްޕްލާންޓްގެ ކުރިން އޭނާގެ ބަލި ހާލަތު ހުރި ގޮތާއި ޓްރާންސްޕްލާންޓްގައިވި އޫރުގެ ވައިރަސް އަކުން ކަމަށް މެރިލެންޑުގެ ޓީމުން ގަބޫލުކުރެ އެވެ. ޓްރާންސްޕްލާންޓު ބޭނުންވާ ބަލި މީހުންނާ އެއްވަރަށް ޑޯނަރުން ނުލިބުމަކީ ސިއްހީ ދާއިރާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އެވެ.

މިކަމަށް ހައްލެއް ހޯދުމަށް އެކި ކަންކޮޅުތަކުގެ ޑޮކްޓަރުންނާއި ދިރާސާވެރިން ވަނީ ތަފާތު ތަހުލީލުތައް ކުރިއަށް ގެންދަން ފަށައިފަ އެވެ. މި ތަހުލީލުތަކުގައި ކާމިޔާބު ކަމާ އެކު ޒެނޯޓްރާންސްޕްލާންޓޭޝަން ނުވަތަ އެހެން ޖަނަވާރުތަކުގެ ގުނަވަންތައް އިންސާނުންގެ ހަށިގަނޑާއި ގުޅުވޭނެ ގޮތެއް ހޯދުމަށް މަސައްކަތްކުރެ އެވެ.