31 އޮކްޓޯބަރު 2023 - 12:05 0
ސާއިފް ޝިޔާދު
ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތް. މި ބަދަލާ އެކު 44,000 އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ބަދަލު އަންނާނެ --- ފޮޓޯ: އަދަދު ފައިލް
31 އޮކްޓޯބަރު 2023 - 12:05 0
ޖެނުއަރީ މަހުން ފެށިގެން ދައުލަތުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް އަންނަ އަހަރަށް ހުށަހެޅި ދައުލަތުގެ ބަޖެޓުގައި ފިނޭންސް މިނިސްޓްރީން ހިމަނައިފި އެވެ.
ދައުލަތުގައި މަސައްކަތް ކުރާ 44,281 މުވައްޒަފުންގެ މުސާރަ އެންމެ ދަށްވެގެން 40 ޕަސެންޓުން ބޮޑުކުރާނެ ކަމަށް ރައީސް އިބްރާާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންނެވީ އޮގަސްޓު 21, 2023 ގައި ބ. ތުޅާދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަންނަ އަހަރަށް ލަފާކޮށް 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް މިއަދު މަޖިލީހަށް ހުށަހަޅަފައިވާއިރު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ އޭގެ ތެރޭގައި މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު ގެނައުމަށް ފައިސާ ހިމަނާފައިވާކަން "އަދަދު" ނޫހަށް ޔަގީންކޮށްދީފަ އެވެ.
މުވައްޒަފުން ހިނގާ ހަރަދުގެ ގޮތުގައި ބަޖެޓުގެ 24 ޕަސެންޓު ވަނީ ކަނޑައަޅާފަ އެވެ.
މުސާރަ ބޮޑުކުރާނެކަން އިއުލާނު ކުރެއްވި ރޭ އޭގެ މިސާލުތަކެއް ވެސް ރައީސް ދެއްވި އެވެ. އެއީ;
އޭގެ ތެރޭގައި ސިފައިންނާއި ފުލުހުންނާއި, ޝަރުއީ ދާއިރާގެ ހުރިހާ މުވައްޒަފުންނާއި, ކަރެކްޝަންސް, ކަސްޓަމްސް, އިމިގްރޭޝަންގެ މުވައްޒަފުންނާއި, އިމާމުންނާއި މުދިމުންނާއި, ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންނާއި, ކައުންސިލުގައި މަސައްކަތް ކުރާ ސިވިލް ސާވަންޓުން ވެސް ހިމެނޭނެ އެވެ.
Comment